ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 18:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މެމްބަރުންގެ އަދަދު
މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާއިރު ހުސްގޮނޑި ނުގުނަން ފާސްކޮށްފި
 
މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ހުށަހެޅުން ފާސް ވީ 43 މެމްބަރުންގެ ވޯޓާއި އެކުގަ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް ގެނައި އިސްލާހު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަދަދު ގުނާއިރު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާ، މަޖިލީހުން ފާސްކުރައްވާފައިވާ ގޮތަށް މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ހުށަހެޅުން ފާސްވީ 43 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

އެ އިސްލާހު ފާސްވުމާއި އެކު މަޖިލީހުގެ ވޯޓު ގުނުމުގައި އާއި ކޯރަމް ހަމަކުރުމުގައި ބަލާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިޢުލާންކުރައްވާފައެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ ބޭފުޅަކު އަޒުލުކުރުމުގެ މަރުހަލާ ބަޔާންކުރާ މާއްދާތަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލަށް އަމަލުކުރުން ހުއްޓުވުމަށް ސުޕްރީމްކޯޓުން އަމުރެއް ނެރުނެވެ. އެ ނިންމުމާމެދު މަޖިލީހުގެ ރިޔާސަތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސް އަސްލަމް ވަނީ އެފަދަ ކޯޓު އަމުރެއް ނެރެފައިވާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.

އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް މެމްބަރުންގެ މަޝްވަރާ އަށް ހުޅުވާލުމުން އެއީ ޝަރީއަތުގައި ހިނގާ މައްސަލައަކަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަސްލަމް ވަނީ މި މައްސަލައަކީ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ މައްސަލައަކަށް ވުމުން ޝަރީއަތުގައި ހިނގާ ކަންކަމަށް ނުގޮސް މި މައްސަލައިގައި މެމްބަރުން ދެކޭގޮތް ހާމަކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަވާނީ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބަލައިގެން ކަމަށް އަސްލަމް ވިދާޅުވުމުން އެކަމާއި މެމްބަރުން ނުރުހުން ފާޅުކުރެއްވިއެވެ. މި މައްސަލަ އަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް