ރާއްޖެ ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުުލުހުން ބުނީ މަސްތުވާތަކެތި ހުރި ޕާރުސަލެއް ރާއްޖެ ގެނައުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެއް މަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ ބަންދުގެ އަމުރުގައި ބުނެފައި ވަނީ، މަސްތުވާތަކެތި ހުރި ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރުކޮށްފައިވަނީ ޕެކޭޖުގައި ޖަހާފައި އޮތް ފޯނު ނަންބަރާއި އޭނާ ގެންގުޅޭ ފޯނު ނަންބަރު ދިމާވާތީ ކަމަށެވެ. އަދި އެމީހާ ހައްޔަރުކުރީ ޕާރުސަލް ބަލައި ޑީއެޗްއެލަށް ގޮސް ހުއްޓައި ކަަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހައްޔަރުކުރި މީހާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިންގ ނަންބަރު ނޯޓުކޮށްފައި ވާކަމަށް ވެސް އެ އަމުރުގައި ވެއެވެ.