ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 08:56
ޕޮލިޓެކްނިކްގެ އެހީތެރިކަމާއެކު ފެނަކައިން މުވައްޒަފުން ތަމްރީންކުރަނީ
ޕޮލިޓެކްނިކްގެ އެހީތެރިކަމާއެކު ފެނަކައިން މުވައްޒަފުން ތަމްރީންކުރަނީ
ފެނަކައިގެ މުވައްޒަފުން
ޕޮލިޓެކްނިކްގެ އެހީތެރިކަމާއެކު ފެނަކައިން މުވައްޒަފުން ތަމްރީންކުރަނީ
ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޙުސައިން ޒުހުރީ
އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޛޫޝާން ކަމާލުއްދީ

މަސައްކަތު ދާއިރާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ތަމްރީންކުރުމަށްޓަކައި މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޛޫޝާން ކަމާލުއްދީނެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޙުސައިން ޒުހުރީއެވެ.

އެ ކުންފުނިން ބުނީ މި އެއްބަސްވުމުގެ ދަށުން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީންކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ޤާނޫނައި ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ޤަވާއިދަށް އެކުންފުނީގެ ޓެކްނިކަލް މުވައްޒަފުން އެއް ހަމަކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ހަމައެހެންމެ މި އެއްބަސްވުމުގެ ތެރެއިން ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ތަޖުރިބާ ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް