ކ. މާލެ
|
5 ފެބްރުއަރީ 2024 | ހޯމަ 08:31
މަޖިލިސް ޖަލްސާ
މަޖިލިސް ޖަލްސާ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ
މިއަދުގެ ޖަލްސާ އަށް އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްހާލު ގެނައުމުގެ މަސައްކަތް ތާވަލްކޮށްފި
 
މި އަހަރުގެ ފުރަތަމަަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު މެންދުރު 2:00 ޖަހާއިރު ބޭއްވުމަށް ވަނީ ތާވަލްކޮށްފައި
 
އިންތިހާބުތައް ރޯދަ މަހު ނުބޭއްވޭ ގޮތަށް ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވޭ
 
ވަޒީރުން އަލުން މަޤާމަށް އައްޔަންކުރި މައްސަލައިގެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލްކޮށްފައި

މިއަދުގެ ޖަލްސާ އަށް އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްހާލު ގެނައުމުގެ މަސައްކަތް ތާވަލްކޮށްފިއެވެ.

މިއަދު ހެނުނު 09:00ގައި އޮންނާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔަސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއެވެ.

އޭގެ ފަހުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު މެންދުރު 2:00 ޖަހާއިރު ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

އެ ޖަލްސާގެ އެޖެންޑާކޮށްފައި ވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްހާލު ގެނައުމުގެ މަސައްކަތެވެ. މީގެ ކުރިން ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އިންތިހާބުތައް ރޯދަ މަހު ނުބޭއްވޭ ގޮތަށް ޤާނޫނަށް އިސްލާހުގެނައުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރި މައްސަލައިގެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން ވެސް މިއަދުގެ ޖަލްސާ އަށް ވަނީ ތާވަލްކޮށްފައެވެ. އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް