ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 10:46
އެމްޓީސީސީ ކަށަވަރު ޝޯވްރޫމް
އެމްޓީސީސީ ކަށަވަރު ޝޯވްރޫމް
ރާއްޖެއެމްވީ
"ސާބަސް ޔަންމާ 2017"
"ސާބަސް ޔަންމާ 2017" ޕްރޮމޯޝަން ފަށައިފި
މިޕްރޮމޯޝަން ކުރިއަށްދާނީ 1 އޯގަސްޓް އިން 31 ޑިސެމްބަރގެ ނިޔަލަށް

އެމްޓީސީސީން އެތެރެކޮށް ވިއްކަމުންގެންދާ ޔަންމާގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ސާބަސް ޔަންމާ 2017" ނަމުގައި 01 އޯގަސްޓް 2017 އިން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ޔަންމާ އިންޖީންތަކުން ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކަމުންދާ ޔަންމާ ބްރޭންޑްގެ 60 ހޯސްޕަވަރުން ފެށިގެން 255 ހޯސްޕަވަރާއި ދެމެދުގެ އިންޖީނުތައް ވަރަށް ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަން އަމާޒުކުރެވިފައިވަނީ ފައިސާ ދައްކައި، ވަގުތުން ތަކެތި ގަންނަ ފަރާތްތަކަށްކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި އެ ގޮތުގެ މަތިން މި ނިމިގެން ދިޔަ ޖޫން އަދި ޖުލައި މަހު އެމްޓީސީސީ ކަށަވަރުން "ޖޫން ޖުލައި ޕްރޮމޯޝަން 2017" ގެ ނަމުގައި ޕްރޮމޯޝަންއެއް ހިންގާފައިވާކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް