Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 08:15
އެމްޑީޕީ ޕްރައިމަރީ 2024
އެމްޑީޕީ ޕްރައިމަރީ 2024
ޓްވީޓަރ
އެމްޑީޕީ ޕްރައިމަރީ 2024
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އިން ލިބުނީ ވަރަށް ރަނގަޅު މެސެޖެއް، ވޯޓަރސް ޓަރންއައުޓް ވެސް ރަނގަޅު - ޑރ.ދީދީ
ސަރުކާރު ޖަވާބުދާރީކުރުވުމަށް މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް އޭނާ ވިދާޅުވި
މި ޕްރައިމަރީ އަކީ ނަމޫނާ ޕްރައިމަރީއެއް ކަަމަށް ދީދީ ވިދާޅުވި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ މެންބަރުން ކަނޑައެޅުމަށް ހޮނިހިރު ދުވަހު ކުރިޔަށްގެންދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އިން ލިބުނީ ވަރަށް ރަނގަޅު މެސެޖެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އިންތިޚާބުގައި ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއިރު އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކޮށްފައިވެއެވެ. ޑރ.ދީދީ ވިދާޅުވީ ވޯޓުލާން ނުކުތް މީހުން ގިނަ ކަމަށާއި އެއީ ވަރަށް ރަނގަޅު ފާލެއް ކަމަށެވެ. އެމްޑީޕީ އަކީ ވެސް ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޙުތިރާމްކުރާ ޕާޓީއެއް ކަަމަށާއި މި ޕްރައިމަރީ އަކީ ނަމޫނާ ޕްރައިމަރީއެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރު ޖަވާބުދާރީކުރުވަން މިއީ އެމްޑީޕީ އަށް ވަރަށް ރަނގަޅު މެސެޖެއް ލިބުނު ޕްރައިމަރީ އެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.

ޕާޓީގެ އިސް ފަރާތްތަކުން ނުފޫޒު ފޯރުވި އަޑެއްވެސް ނީވޭ. ވަރަށް އަމާންކަމާއި އޮމާންކަމާއި އެކު ކުރިއަށް ގެންދިޔައީ. މީގެ ކުރިން ޕީޕީއެމް ޕީއެންސީން ބޭއްވި ޕްރައިމަރީގައި ވަރަށް ޝަކުވާ ގިނަ. ވޯޓަރސް ލިސްޓާއި އެހެނިހެން ކަންކަމާއި މެދު ވެސް. އެކަމަކު އެމްޑީޕީގެ ޕްރަިއމަރީގައި ވޯޓުވެސް ލީ އީސީގެ ދަފްތަރަށް. މިއި އެންމެ އަމާން އެއް އިންތިޚާބު
ޑރ.ދީދީ

އެމްޑީޕީގެ ޕްރައިމަރީގައި 25،324 މީހުންނަށް ވޯޓުލެވޭއިރު ވޯޓު ލާފައިވަނީ 16،048 މީހުންނެވެ. 40 ދާއިރާއެއްގައި ޕްރައިމަރީ ބާއްވާފައިވާއިރު 49 މެންބަރަކަށް ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް