Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 11:45
އެމްޑީޕީ ޕްރައިމަރީ 2024
އެމްޑީޕީ ޕްރައިމަރީ 2024
އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް
ވޯޓުލުމުގެ ޙައްޤު ލިބެނީ ، ޖުމްލަ 25،325 އާންމު މެންބަރުންނަށް
ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު
ޝަކުވާ ބަލައިގަންނާނީ 03 ފެބްރުއަރީ 2024ން ފެށިގެން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޕްރައިމަރީ 2024 ގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ މި އިންތިޚާބަށް ރީރަޖިސްޓްރީވި 1200 އެއްހާ މެންބަރުންނާއެކު، ޖުމްލަ 25،325 އާންމު މެންބަރުންނަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

Advertisement

މި އިންތިޚާބަށް ރާއްޖޭގެ 95 ރަށެއްގައި ވޯޓު ފޮށި ބެހެއްޓޭއިރު، މާލޭގައި 27 ފޮއްޓެއް ބެހެއްޓޭނެއެވެ. އަދި މި އިންތިޚާބުގައި މާލޭގެ ވޯޓު ކަރުދާސްތައް، ކުލައިން ވަކިވާގޮތަށް ހުންނައިރު، އަތޮޅު ތެރެއަށް ހުންނާނީ ހުދުކުލައިން ވަކިވާ ގޮތަށެވެ.

އެމްޑީޕީން ބުނީ، ޕްރައިމަރީއާ ގުޅޭ ޝަކުވާ ބަލައިގަންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 05 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ހަވީރު 04:00ށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް