ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 13:49
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ އޮޕަރޭޝަންތައް
މަގުމަތީ އަގުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް ހޯދާފައިވޭ: ފުލުހުން
 
މަސްތުވާތަކެތީގެ އެކިއެކި މުއާމަލާތްތައް ހިންގާ ކަމަށް ބެލެވޭ 3097 މީހެއް ހުއްޓުވައި ބަލާފާސްކޮށްފައިވޭ
 
މި އޮޕަރޭޝަންތަކުގައި 51 ސަފާރީއެއް ބަލައި ފާސްކޮށްފައިވޭ
 
މިހަރަކާތްތަކުގެ ތެރޭގައި ދިވެހި 135 މީހަކު ހައްޔަރުކޮށްފައިވާއިރު، 16 ބިދޭސީން ހައްޔަރުކޮށްފައިވޭ

މަގުމަތީ އަގުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ މިހާތަހަނަށް 29 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި 51 ސަފާރީއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، މަސްތުވާތަކެތީގެ އެކިއެކި މުއާމަލާތްތައް ހިންގާ ކަމަށް ބެލެވޭ 3097 މީހެއް ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށް ނާފިޒު ވިދާޅުވިއެވެ.

ނާފިޒު ވިދާޅުވީ މިހަރާކްތަކުގެ ތެރޭގައި ދިވެހި 135 މީހަކު ހައްޔަރުކޮށްފައިވާއިރު، 16 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ދެންނެވި އޮޕަރޭޝަންތަކާއި މަސައްކަތްތަކުގެ ތެރޭގައި އަތުލެވުނު މަސްތުވާކެތީގެ ބަރުދަނުގައި ގާތްގަނޑުގައި 13400 ކިލޯގްރާމް ހިމެނޭ. އޭގެ މަގުމަތީގެ އަގު ކަމަށް މިހާތަނަށް ރިކޯޑުތަކުން ދައްކާ ހަތަރުލައްކަ އަށާރަހާސް ރުފިޔާ. ހަމައެއާއެކު އަތުލެވުނު ބައެއް ބަނގުރަލުގެ އަދަދު 3422 އަޅުގަނޑުގެ ރިކޯޑުތަކުން ދައްކާ. އެއީ ބަނގުރާފުޅާއި، ދަޅުތައް. މިހުރިހާތަކެތީގެ ޖުމްލަ އަގު ގާތްގަނޑަކަށް ހަތަރުލައްކަ ނަވާރަހާހަށް އަރާ
އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ދަނީ މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި