ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 08:39
އާރްޓީއެލް ބަހުގެ ޚިދުމަތް ދެމުން ދަނީ
އާރްޓީއެލް ބަހުގެ ޚިދުމަތް ދެމުން ދަނީ
އެމްޓީސީސީ
އާރްޓީއެލް ބަހުގެ ޚިދުމަތް
ބަހުގެ ޚިދުމަތް ފަސޭހަކޮށްދިނުމަށް ވިނަރެސް ސަރަހައްދުގައި އާރްޓީއެލްގެ ބަސްހުއްޓިއެއް ހަދައިފި
 
އާރް ސެވަން (R7)، އާރް އެއިޓް(R8) އަދި އާރް ނައިން (R9)ގެ ރޫޓުތަކަށް ބަދަލު އަންނާނެކަން އެމްޓީސީސީން ވަނީ ހާމަކޮށްފައި

އާރްޓީއެލް ބަހުގެ ޚިދުމަތް ފަސޭހަކޮށްދިނުމަށް ވިނަރެސް ސަރަހައްދުގައި އައު ބަސްހުއްޓި އެއް ހަދާފައިވާ ކަމަށް އެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާރްޓީއެލްގެ ބަހުގެ ޚިދުމަތް ފަސޭހައިން ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން 1 ފެބްރުއަރީ 2024ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ބަސް ހުއްޓިއަށް އާރްޓީއެލް ބަހުގެ ޚިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހަމައެހެންމެ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ ހުޅުމާލެ ފޭސް 1 - ފޭސް 2، ހުޅުމާލެ ފޭސް 2- ވެސްޓް ޕާކު، ހުޅުމާލެ ފޭސް 2 - ކާނިވަލް އަދި ހުޅުމާލެ ފޭސް 2 - އެއަރޕޯޓްގެ ރޫޓުތަކަށް ވަނީ ވިނަރެސް ބަސް ހުއްޓިއަށް ޚިދުމަތް ދެވޭގޮތަށް ބަދަލު ގެނެސްފައެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އާރް ސެވަން (R7)، އާރް އެއިޓް(R8) އަދި އާރް ނައިން (R9)ގެ ރޫޓުތަކަށް ބަދަލު އަންނާނެކަން އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
މުލަކަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އެމްޑީޕީއަށް ވެރިކަން ލިބުނު ނަމަ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އާރްޓީއެލްގެ ޚިދުމަތުން މުޅި ރާއްޖެ ގުޅުވާލެވޭނެ: ރައީސް ސޯލިހު
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި
އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި