Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 06:44
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
އެމްޑީޕީ
އެމްޑީޕީ ހަރުގެ ޖަލްސާ
މަޖިލީހަށް ހޮވާ މެންބަރުންނަކީ ފައިސާއަށް ނުވިކޭ ބަޔަކަށްވާންޖެހޭ: ސަނީފް
ކުރިޔަށް އޮތީ އަނިޔާވެރި ދުވަސްތަކެއްކަމަށާއި އެހެންކަމުން އެއަނިޔާވެރިކަމުން ގައުމު ސަލާމަތްކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް ވަރަށް މުހިންމު ކަމަށް ސަނީފް ވިދާޅުވި

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާއިރު އެ މީހަކީ ފައިސާއަށްޓަކައި ޕާޓީން ވަކިވެގެންދާނެ މީހަކުތޯ ރައްޔިތުން ރަނގަޅަށް ބަލަންޖެހޭކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަނީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ މިހާރަށްވުރެ ބޮޑަށް ތަސައްރަފުފުދިފައިވާ ތަނަކަށްވާންޖެހޭކަމަށެވެ. އެތަނަށް ހޮވޭ މީހުންނަކީ ފައިސާއަށް ގަނެވިިކޭ ބަޔަކަށް ވެގެންނުވާނެކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ކުރިޔަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި މަޖިލީހުގެ ޓިކެޓް ދޭނެ މީހެއް ރައްޔިތުން ހޮވާއިރުވެސް އެމީހަކީ ޕާޓީއަށް ކިހާ އިހުލާސްތެރި މީހެއްތޯ އާއި ޕާޓީއަށް ކިހާ މަސައްކަތްތަކެއްކޮށްފައިވާ ޕާޓީ ދޫކޮށް ނުދާނެ މީހެއްކަން ރައްޔިތުން ޔަގީންކުރަން ޖެހޭކަމަށް ސަނީފް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މިހާރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތުމުގެ މަސައްކަތް ކުރާއިރު މިއީ ވިސްނަންޖެހޭކަމެއްކަމަށް ސަނީފް ވިދާޅުވިއެވެ.

Advertisement

ސަނީފް ވިދާޅުވީ ކުރިޔަށް އޮތީ އަނިޔާވެރި ދުވަސްތަކެއްކަމަށާއި އެހެންކަމުން އެ އަނިޔާވެރިކަމުން ގައުމު ސަލާމަތްކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް ވަރަށް މުހިންމު ކަމަށެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު ސަރުކާރުގެ އިސްވެރިންތަކެއް މަޖިލީސް ކައިރީގައި މުޒާހަރާކުރިއިރު މަޖިލީހުގެ މެމްބަރުންނަށް އެދުވަހު ބިރު ދައްކާ އަނިޔާކޮށްފައިވާކަމަށް ސަނީފް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެހެން ފަހަރު ފަހަރު ދެކެނީ އިދިކޮޅު ޕާޓީ މުޒާހަރާ ކުރާތަން. މިއަދު މިފެނުނީ މިސަރުކާރުގައި ފުރަތަމަ މުޒާހަރާވެސް ސަރުކާރުން ކުރަން ނުކުތްތަން. އަނެއްކާ ކޮންކަމަކަށްތޯ. ޕާޓީއެއްގެ އަމިއްލަ ޕީޖީގެ އަމިއްލަ ނިންމުން ބަދަލުކުރުމަށްޓަކައި. ޕާޓީއެއްގެ ގުނަވަންތަކުން ނިންމާ ނިންމުން ސަރުކާރަށް ބަދަލު ކުރެވެނީ ކިހިނެއްތޯ. ސަރުކާރަށް ބަދަލުކުރެވޭނީ ޤާނޫނީ ގޮތުން ނުނިންމޭނެ ވަރުގެ ނިންމުމެއް ވަކި ފަރުދަކު ނިންމިއަސް ކޯޓުތައް ހުންނާނެ. އެއްކަލަ މިނިވަންވި ކޯޓު އޮއްވާ އަޅުގަނޑުމެންނަށް ބިރު ދައްކާ އިންޒާރު ދީ އަނިޔާކުރީ ގަޔަށް ބޮލަށް އެރީ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް

ސަނީފް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުން ކައިރީ ހައްދުފަހަނައަޅާވަރަށް ދޮގު ހެދިކަމަށާއި ނަމަވެސް މިހާރު މަޑުމަޑުން އެކަންކަން ރައްޔިތުންނަށް ސާފުވާން ފަށައިފިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް