Advertisement
ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 22:30
ކޯސްޓް ގާޑް
ކޯސްޓް ގާޑް
އެމްއެންޑީއެފް
އެމްޑީޕީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނަށް ރައްކާތެރި ތަނަކަށް ހަދަން ޖެހޭ: އެމްޑީޕީ
އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އީއީޒެޑްގެ ތެރެއިން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ "އަސުރުމާ 3" އަށް ބޭރު ގައުމެއްގެ ކަނޑު ސިފައިން އެރި މައްސަލައަށް އިޝާރަތް ކުރަމުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫގެ "އަސުރުމާ 3" އަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އެރި މައްސަލައަށް އިޝާރަތް ކުރަމުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެކަމާ ގުޅިގެން އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

Advertisement

އަދި އެ މަައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލަމުން އެމްޑީޕީން ބުނީ، ރާއްޖޭގެ އަވައްޓެރި އިންޑިޔާ އަދި ސްރީލަންކާގެ ސިފައިންނާ އެ މައްސަލަ ޙިއްސާކޮށް، އެކަމުގައި ޝާމިލުވީ އެގައުމުތަކުންތޯ ބެލުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ އެމްއެންޑީއެފްއަށް ކަމަށާއި، އެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އަމާން އަދި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް