ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 13:26
ފ.މަގޫދޫ
ފ.މަގޫދޫ
ގޫގުލް
ރިސޯޓު ތަރައްޤީކުރުން
ފ. އަތޮޅު މަގޫދޫގެ ފަޅުގައި ރިސޯޓެއް ތަރައްޤީ ކުރަނީ
ޝައުޤުވެރިވާ ފަރާތްތަކުން 10 ދުވަހުގެ ތެރޭގައި ލެޓަރ އޮފް އިންޓްރަސްޓް ހުށަހަޅަންޖެހޭ
ބިޑް ހުށަހެޅޭނީ ހަމައެކަނި ސިޓީ ހުށަހަޅާ ފަރާތްތަކަށް އެކަނި

ފ. މަގޫދޫ ފަޅުގައި ރިސޯޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ކައުންސިލުން ބުނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ދުވަހުގެ ތެރޭގައި ލެޓަރ އޮފް އިންޓްރަސްޓް ހުށަހަޅަންޖެހޭކަމަށެވެ. އެގޮތުން 15 ފެބްރުއަރީ 2024 ގެ 13:30 ގެ ކުރިން ސިޓީ ހުށަހަޅަންޖެހެއެވެ.

Advertisement

މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ހަމައެކަނި ސިޓީ ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށް ވެސް ކައުންސިލުން ކުރިއިއުލާނުގައިބުނެފައިވެއެވެ.

ރިސޯޓު ތަރައްޤީކުރަނީ ފ. މަގޫދޫ ފަޅުގެ އިރުމަތީކޮޅުގައި 10 ހެކްޓަރުގެ ސަރަޙައްދެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް