ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 22:47
އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ.ޝަހީމް.ކޮމް
ޝަހީމަށް ރުހުން ނުދިނުން
ޝަހީމަށް ރުހުން ނުދޭން ނިންމީ ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރައްވާފައިވާތީ - އެމްޑީޕީ
 
ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި
 
އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް މި ސަރުކާރުން މަސައްކަތް ހަވާލުކޮށްފައިވޭ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ރުހުން ނުދޭން އެމްޑީޕީން ނިންމީ ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު ހިމެނޭތީ ޕީޖީ ގްރޫޕުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ކަމަށް، އަލިފުށީ ދާއިރާގެ މެންބަރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، ޕާލަމެންޓްރީ ގްރޫޕުގައި ފުޅާ ދާއިރާއެއްގައި ވަޒީރުންނާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގައި މިނިސްޓަރު ޝަހީމްގެ ނަން މިނިސްޓަރެއްގެ ގޮތުގައި ފޮނުވާފައި އޮތުމުން ގިނަ މެންބަރުން ތަފާތު ޚިޔާލުތައް ފާޅުކުރެއްވި ކަމަށެވެ.

އެގޮތުން މިނިސްޓަރު ޝަހީމާ ގުޅޭގޮތުން ކޮރަޕްޝަންގެ ތުހުމަތުކުރައްވާފައި ވާކަމަށާއި، އަދި މި ސަރުކާރުގެ ތެރޭގައި ހިއްސާ އޮތް، އަދި ހިއްސާ ބަދަލުކުރުމަށްފަހު އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފައި އޮތްކަމުގެ ތުހުމަތު ވެސް ޕީޖީ ގްރޫޕުގެ މެންބަރުން ހިއްސާކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ، މިފަދަ ކަންތައްތަކާ ގުޅިގެން ވަޒީރަކަށް ރުހުން ނުދޭން ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި އޮންނަކަމަށް އޭނާ ވިދާޅުވިއެވެ. ޕީޖީ ގްރޫޕުގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން އެ ނަންފުޅު ފާހަގަކުރެއްވި ކަމަށާއި، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭތީ ރުހުން ނުދޭން ނިންމި ކަމަށާއި، ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށް އެ ކަންކަމާމެދު މަޝްވަރާކުރުމަށްފަހު މެޖޯރިޓީން އެގޮތަށް ފާސްވިކަމަށެވެ.

ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަކަމަށް، 31 މެމްބަރަކު ވޯޓު ދެއްވިއިރު، ރުހުން ދޭން ފެންނަކަމަށް 30 މެމްބަރަކު ވޯޓު ދެއްވިއެވެ.

ކޮމެންޓް
ގުޅުންހުރި
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި