ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 15:03
އެލައިޑްގެ ނޫސްވެރިންގެ ބައްދަލުވުން
އެލައިޑްގެ ނޫސްވެރިންގެ ބައްދަލުވުން
އެލައިޑް 39 ވަނަ އަހަރީ ދުވަސް
އެލައިޑްގެ 39 ވަނަ އަހަރީ ދުވަހާއި ގުޅިގެން ގިވްއަވޭ ސީރީޒެއް ފަށައިފި
 
ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ފަރާތުން ކޮމްޕްލިމެންޓަރީ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވޭ
 
އެލައިޑުން ފެށި އެ ސީރީޒް ޚާއްސަކޮށްފައި ވަނީ އޮންލައިންކޮށް ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް
 
އެލައިޑުން ވަނީ "ރައްކާ" ޕްރޮގްރާމާއިވެސް ގުޅިފަ

އެލައިޑްގެ 39 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ކުންފުނީގެ ފަރާތުން ގިވްއަވޭ ސީރީޒެއް ފަށައިފިއެވެ.

މުޅިން އަލަށް އެލައިޑުން ފެށި އެ ސީރީޒް ޚާއްސަކޮށްފައި ވަނީ އޮންލައިންކޮށް ޚިދުމަތް ހޯދާ ކަސްޓަމަރުންނަށެވެ.

އެކަމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑްގެ މާކެޓިން މެނޭޖަރު އައިޝަތު ސުދާ ވިދާޅުވީ އޮންލައިންކޮށް ޚިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ފަރާތުން ކޮމްޕްލިމެންޓަރީ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ހަދިޔާ ބަލާ ދިއުމަށް ލިބޭނީ 30 ދުވަހުގެ މުހުލަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފޯނުމެދުވެރިކޮށް އެސްއެމްއެސްގެ ޒަރީއާއިން ރިފެރަލް ކޯޑެއް ލިބޭނެ ކަމަށާއި އެ ކޯޑު ފްރަންޓް އޮފީހަށް ދައްކާލުމުން ހަދިޔާ ލިބޭނެ ކަަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ރެޑް ކްރެސެންޓުގެ އިނީޝިއޭޓިވެއްގައި ބައިވެރިވުމުގެ އެއްބަސްވުމެއްގައި އެލައިޑުން ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވެއިޒެވެ. އަދި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ޖައްމިއްޔާގެ ސެކެޓްރީ ޖެނެރަލް ފާތުމަތު ހިމްޔާއެވެ.

މިއީ ސީއެސްއާރުގެ ދަށުން އެހީ ދިނުމަށް މަގުފަހިކޮށްދިނުމަށްޓަކާ ރެޑްކްރެސެންޓުން ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިނިޝީއޭޓިވެއްކަން ފާހަގަކޮށްލެވެއެވެެ. މި ޕްރޮގްރާމްގެ ދަށުން އިޖުތިމާއީ ކަންކަން އަދި ކުއްލި ހާލަތްތަކުގައި ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ހޯދާދެއެވެ.

އެލައިޑުން ވަނީ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ކުރިއަށް ގެންދާ "ރައްކާ" ޕްރޮގްރާމާއިވެސް ގުޅިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް