ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 19:53
އެލައިޑް ލައިފް ޕްރޮމޯޝަން
އެލައިޑް ލައިފް ޕްރޮމޯޝަން
އެލައިޑް އިންޝުއަރެންސް
އެލައިޑް ލައިފް ޕްރޮމޯޝަން
"އެލައިޑް ލައިފް ޕްރޮމޯޝަން" 50%ގެ ޑިސްކައުންޓާއި އެކު ލޯންޗުކޮށްފި
01 ސެޕްޓެމްބަރ 2024 ގައި ލޯންޗްކުރެވުނު ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމް އިން 50%ގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެލައިޑުން ފާހަގަކޮށްފައިވަނީ ލައިފް ޕްރޮމޯޝަން ކުރިޔަށްދާނީ 1 ސެޕްޓެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ކަމަށެވެ.

"އެލައިޑް ލައިފް ޕްރޮމޯޝަން"ގެ ނަމުގައި މުޅިން އައު ޕްރޮމޯޝަނެއް ލޯންޗުކޮށްފިއެވެ.

އެލައިޑް މައި އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި މި ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި މާކެޓިންގ މެނޭޖަރ އައިޝަތު ސުދާ އެވެ.

އަންގާރަ ދުވަހު ލޯންޗްކުރެވުނު ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމް އިން 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެލައިޑުން ފާހަގަކޮށްފައިވަނީ ލައިފް ޕްރޮމޯޝަން ކުރިޔަށްދާނީ 1 ސެޕްޓެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ކަމަށެވެ. އެގޮތުން މިމުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓަރމް އެޝުއަރަންސް ޕްލޭން ނުހިމަނާ ކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.

ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިންގ ޗޮއިސަސްއަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް އެލައިޑުން ވަނީ ނިންމާފައެވެ.

އެގޮތުން، ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާއި އެކު ކުރިޔަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރުވެސް ކުރިޔަށްދާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.

13 ސެޕްޓެންބަރުގައި ހުޅުމާލެ، ސެންޓްރަލް ޕާކްގައި ބާއްވާ މިހަވީރުގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިޔަށް ގެންދިޔުމަށްވެސް އެލައިޑުން ވަނީ ރާވާފައެވެ.

މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެލައިޑުން އިރުޝާދު ދެއެެވެ. ނުވަތަ ވެބްސައިޓް؛ އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ހޯއްދެވޭނެކަން އެލައިޑުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް