ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 06:57
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު
މުހައްމަދު ޝަރުހާން
މަޖިލިސް އިންތިހާބު
ގާނޫނަށް އިސްލާހު ގެނަޔަސް ކޮމިޝަން އޮތީ ތައްޔާރަށް: ހަބީބު
 
ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދުވެސް އިތުރުވާނެ
 
މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ އިންތިހާބު ބާއްވާނީ ރޯދައިގެ ފަހުން
 
އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ފާސްވި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އޮތީ އެކަމަށް ތައްޔާރަށް ކަމަށް އެ ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބު ނުބޭއްވޭގޮތަށް، އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައެވެ. އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާއިރު، 43 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އިންތިޚާބުތަކުގައި އެ އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި، އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

މި މާއްދާގެ (ށ)ގައި ބުނެފަައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

މި އިސްލާހާއި ގުޅިގެން ހަބީބު ވިދާޅުވީ އިލެކްޝަނުން އަމަލު ކުރާނީ ގާނޫނުގައި އޮންނަ ގޮތަކަށް، ގާނޫނަށް ބަދަލު ގެނެސްގެން ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތައް ވާނެ ކަމަށާއި، ރޯދަ މަހު ވޯޓު ލާން އުފުލަން ޖެހޭ ތަކުލީފު އޭރުން އުފުލާކަށް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ވޯޓުލާ މީހުންގެ ނިސްބަތް ވެސް އިތުރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ މިހާރު ނިންމާފައި ހުރި ކަންކަމަށް ބަދަލު އަންނާނެކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން ވޯޓުލުމަށް ޝަރުތުހަމަވާ މީހުންގެ އަދަދަށް ބަދަލުއައުމާއި، އަލުން ރީރަޖިސްޓްރީއަށް ހުޅުވާލުމާއި، އޮފިޝަލުންނަށް ރިފްރެޝަރ ޓްރޭނިންތައް ދޭން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް