ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 08:38
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާއެއް މިއަދު 11 ޖަހާއިރު، އެޖެންޑާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ
 
22 ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ނަގާ ވޯޓު 1:30 ގައި ނެގުމަށް އޮތީ ހަމަޖެހިފައި
 
3 ވަޒީރަކާއި ބަންޑާރަނާއިބަށް ރުހުން ނުދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައި

ދައުރުން ބޭރުން މިއަދު ރައްޔިތުންގެ މަޖިލީހުުގެ އިތުރު ޖަލްސާ އެއް ބާއްވަން ތާވަލުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ގެންދަން ތަކުރާރުކޮށް މަޖިލީހުގެ ރިޔާސަތުން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާ މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނަގާ ވޯޓު އެންމެ ފުރަތަމަ ތާވަލު ކުރީ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށެވެ. އެހެންނަމަވެސް ޕީއެންސީގެ މެންބަރުން މަޖިލިސް ފްލޯރ ތަޅުލައިގެން ތިބުމުން، ޖަލްސާ ކުރިއަށް ގެންދިއުމުގެ ޖާގައެއް ނުލިބުނެވެ.

އެ 22 މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. 3 ވަޒީރަކާއި ބަންޑާރަނާއިބަށް ރުހުން ނުދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރުހުން ނުދޭން ނިންމާފައި ވަނީ

*ޑރ. ޢަލީ ޙައިދަރު އަޙްމަދު، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

*ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

*މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

*އަލްއުސްތާޛު އަޙްމަދު އުޝާމް، އެޓަރނީ ޖެނެރަލް އަށެވެ.

ބާކީ ވަޒީރުންނަށް ރުހުން ދިނުމަށް ނެރެފައި ވަނީ ފްރީ ވިޕެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް