ފުރަތަމަ ބުރުގައި ރޭންކިންގެ އެއްވަނަ ހޯދި ކްއީންސް ބާސްކެޓްބޯޅަ ކްލަބުން, ގައުމީ ލީގުގެ ދެވަނަ ބުރުވެސް ބޮޑު މޮޅަކުން ފަށައިފިއެވެ.
ފުރަތަމަ ބުރުގައި ތިން މެޗުންވެސް މޮޅުވެ, ދެވަނަ ބުރުގައި ލަޔަނެސް އަތުން ކުރި ހޯދީވެސް ބޮޑު ތަފާތަކުންނެވެ. އެއީ 123-37 ޕޮއިންޓުންނެވެ. ފުރަތަމަ ބުރުގައި ވެސް ލަޔަނެސް އަށް ކްއީންސް އަތުން ހޯދުނީ 37 ޕޮއިންޓެވެ. ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގެ ހަތަރު ކްއާޓާގައިވެސް ކްއީންސް އިން ބޮޑު ލީޑެއް ހޯދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ކްއީންސްގެ އާމިނަތު އިސްރާއު އެވެ. އޭނާ 19 ޕޮއިންޓް ހޯދިއެވެ. ކްއީންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 26 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާ އެވެ. ލަޔަނެސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 10 ޕޮއިންޓް ހޯދައިދިން މަރިޔަމް މަލާކު މުހައްމަދު ސިފާން އެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ ހަތަރު ޓީމެވެ.
ލީގުގެ ފިރިހެން ޑިވިޝަންގައި ކިންގްސް ބާސްކެޓް ކްލަބް ވަނީ ފުރަތަމަ ބުރުގެ ހަތަރު ވަނަ މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ބުރުގައި ކިންގްސް ބަލިވީ ޓީރެކްސް އަތުންނެވެ. ހަތަރު ވަނަ މެޗުގައި ކިންގްސް ކުރި ހޯދީ ރެޑްވިންގްސްއާ ވާދަކޮށް 81-64 ޕޮއިންޓުންނެވެ. އެންމެ ރަނގަޅަށް ކުޅުނީ ކިންގްސްގެ އަބުދުالله އަމްޒަރު އެވެ. އޭނާ ވަނީ 25 ޕޮއިންޓް ހޯދައިދީފައެވެ. ފުރަތަމަ ބުރުގައި ކިންގްސްއަށް ބާކީ އޮތީ ސްޓިންގާސް ބީސީއާ ވާދަކުރާ މެޗެވެ.