ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 12:54
އައްޑޫގައި ބޭސް ފިހާރަކަށް ވަދެ، ފޭރުނު މީހާ ދުއްވި ސައިކަލް
އައްޑޫގައި ބޭސް ފިހާރަކަށް ވަދެ، ފޭރުނު މީހާ ދުއްވި ސައިކަލް
ބޭސް ފިހާރަކަށް ވަދެ ފޭރުން
އައްޑޫގައި ބޭސް ފިހާރައަކަށް ވަދެ ފޭރުނު މީހަކު ދުއްވި ސައިކަލަކާ ބެހޭ މައުލޫމާތު ހޯދަން އިއުލާންކޮށްފި
ފުލުހުން އާންމުކުރި ފޮޓޯ އިން ފެންނަނީ ސައިކަލުގެ ނަމްބަރު ޕްލޭޓްމަތީގައި ކަޅު ސްޓިކާ ކަހަލަ އެއްޗެއް ތަތްކޮށްފަ ހުރި ތަން

އައްޑޫ މަރަދޫގެ ބޭސް ފިހާރަކަށް ވަދެ ފޭރުނު މީހަކު ދުއްވި ސައިކަލަކާ ބެހޭ މައުލޫމާތު ހޯދުމަށް ފުލުހުން އާންމުންގެ އެހީއެއް އެދިއްޖެއެވެ.

އައްޑޫ ފުލުހުން ވަނީ މީސްމީޑިއާގައި ވެސް އެކަމާއި ގުޅިގެން އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން ބުނީ ބޭސް ފިހާރައިން ފޭރިފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށާއި ފައިސާތަކެއް ފޭރިގަތީ ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހުގައި ކަމަށެވެ. އަދި ފޭރުނު މީހާ ދުއްވި ސައިކަލްގެ ފޮޓޯ ހިއްސާކުރުމަށް ފަހު ފުލުހުން ބުނީ އެ ސައިކަލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަން ޕޮލިސް ސްޓޭޝަނާ ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ 9792058 އަށް ގުޅާ އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

ފުލުހުން އާންމުކުރި ފޮޓޯ އިން ފެންނަނީ ސައިކަލުގެ ނަމްބަރު ޕްލޭޓްމަތީގައި ކަޅު ސްޓިކާ ކަހަލަ އެއްޗެއް ތަތްކޮށްފަ ހުރި މަންޒަރެވެ.

- ކޮމެންޓް