ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 11:03
ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މީހުންގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ ބިންގާ އެޅުން
ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މީހުންގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ ބިންގާ އެޅުން
ކަރެކްޝަން ސަރވިސް
ހުޅުމާލޭ ޖަލު
ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މީހުންގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ ބިންގާ އަޅައިފި
މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 4 މަސް ދުވަހުގެ ތެރޭގައި
މުސްތަގްބަލްގައި އެއިމާރާތައް އިތުރު ބައިތައް އެކުލަވާލެވި، ޖުމްލަ 77 މީހުން ބޭތިއްބޭ ވަރުގެ ތަނެއް ނިންމޭނެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މިހުންގެ ޖާގައިގެ ހޮލްޑިންގ ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި އައު ޔުނިޓްގެ ބިންގާ އަޅުއްވާ ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. މި ރަސްމިއްޔާތުގައި އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓާއި ހުޅުމާލޭ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

ހުޅުމާލޭ ޖަލުގައި މި އައު ހޯލްޑިންގ ޔުނިޓް ޤާއިމްކުރުމުގެ މަޤްޞަދަކީ ހުޅުމާލޭ ޖަލުގައި ތިބި ޤައިދީންނަށް ދެވޭ ޙިދުމަތާއި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމާއި، އަލަށް ޖަލަށް ގެންނަ ޤައިދީން ބަންދުމީހުން ޖަލުތަކަށް ގެންދެވެންދެން ބޭތިއްބުމާއި އެކި ބޭނުންތަކަށް މާލެ ގެންނަ ޤައިދީންނާއި ބަންދުމީހުން ގެންނަ ބޭނުން ނިމި އަނބުރާ އެޖަލުތަކަށް ގެންދެވެންދެން ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.

މީގެ ކުރިން ޓްރާންސިޓްކޮށް ގެންނަ ޤައިދީންނާއި ބަންދުމީހުންބޭތިއްބީ މާލޭ ޖަލުގައެވެ. އެހެން ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު މާލޭ ޖަލު ބަންދު ކުރިމާ ގުޅިގެން، ހުޅުމާލޭ ޖަލުގައި ޓްރާންސިޓްކޮށް ގެންނަ ޤައިދީންނާއި ބަންދުމީހުން ބޭތިއްބޭނެ ތަނެއް ހެދުމަކީ ވަރަށް މުޙިއްމު ކަމެއްކަންވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އަލަށް ޤާއިމްކުރެވޭ 40 މީހުމްގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ އިތުރުން، މުސްތަގްބަލްގައި އެއިމާރާތައް އިތުރު ބައިތައް އެކުލަވާލެވި، ޖުމްލަ 77 މީހުން ބޭތިއްބޭ ވަރުގެ ތަނެއް ނިންމޭނެކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 4 މަސް ދުވަހުގެ ތެރޭގައެވެ.

- ކޮމެންޓް