ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 09:16
ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް)
ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް)
އެމްޓީސީސީ
ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް
ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ
މިއީ 6.15 މިލިއަން ރުފިޔާގެ މަޝްރޫޢު އެއް
މިއީ އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ހަވާލުކުރި މަސައްކަތެއް

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުއަކީ 6.15 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި ހާފްވޭ ހައުސްގެ އެންމެ ބޮޑު ބޭނުމަކ،ީ ކުށްތަކުގައި ގެންނަ ކުޑަކުދިންނަށް ބޭނުންވާ ރެހިބިލިޓޭޝަން ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ރެހިބިލިޓޭޝަން ފަރުވާ އަށް ފަހު ބޭނުންތެރި ބައެއްގެ ގޮތުގައި އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމަކީ ވެސް އެ ހާފްވޭ ހައުސްގެ މަޤްސަދެކެވެ.

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) - އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން ގްރައުންޑް މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްތަކާއި މޭޝަނަރީ އަދި ޕްލާސްޓަރިންގ މަސައްކަތްތަކާއި ފުރާޅު އަދި ސީލިންގ މަސައްކަތްތަކާއި ދޮރާއި ކުޑަދޮރު ހަރުކުރުމާއި ފިނިޝިންގ މަސައްކަތް، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގް މަސައްކަތްތަކާއި އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

- ކޮމެންޓް