Advertisement
ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 08:26
އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
އެމްޑީޕީ މަޖިލިސް ޕްރައިމަރީ - ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހަަމަވާނެ
މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ އެމްޑީޕީން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެސްފައިވާ ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެކަމާއި ގުޅޭގޮތުން އެމްޑީޕީން ބުނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ހިނގާ 25 ވަނަ ދުވަހުގެ (މިއަދު) ހަވީރު 16:00 އާއި ހަމައަށް ކަމަށެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ 24 ޖެނުއަރީގައެވެ.

Advertisement

އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާކަން އެ ޕާޓީން ވަނީ އިޢުލާންކޮށްފައެވެ. އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލީ މިދިޔަ މަހުގެ 16ގައެވެ. ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ދާއިރާއެއްގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ހުށަހަޅާފައިވާތީ އެ ދާއިރާތަކުން ކުރިމަތިލި ކެންޑިޑޭޓަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ. 43 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ އެމްޑީޕީން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް