ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 18:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ދައުރުން ބޭރު ޖަލްސާ
ވަޒީރުންނަށް ރުހުން ދިނުމާއި އިތުރު ކަންތައް ހިމެނޭ ގޮތަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަނީ
 
ގަރާރު އަދި ބިލުތަކުގެ ފުރަތަމަ ކިއުން އިއްވުން ހިމެނޭ
 
އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެޖެންޑާކުރުމަށް ވަނީ މަޝްވަރާކުރެވިފައި

ވަޒީރުންނަށް ރުހުން ދިނުމާއި އިތުރު ކަންތައް ހިމެނޭ ގޮތަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން މަސައްކަތް ފަށައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫއްޕުން އެ ގްރޫއްޕުގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މި މަހުގެ 28 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެންބަރުން މާލޭގައި ތިބުމަށް ވެސް ވަނީ އެދިފައެވެ.

ޖަލްސާގައި އެޖެންޑާ ކުރަން މަޝްވަރާ ކުރެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި، ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމާއި، އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އަދި ވުޒާރާތަކުގެ މެންޑޭޓް އަދި ފުރަތަމަ ކިއުން އިއްވަން ހުރި ބިލް އަދި ގަރާރުގެ މަސައްކަތް ހިމެނެއެވެ.

އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ބަލާލާއިރު، މި މައްސަލައަކީ، ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވާތީ، ރޯދަ މަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

މި އިސްލާހުގައި ބުނެފައިވަނީ ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވުން ހުރި ކަންކަމާއި، ދާދި ފަހުން ސިއްހީ ފަރުވާ ނުދެވި މާލެ ނުގެނެވިގެން ނިޔާވި ކުއްޖާގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރުވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި