ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 14:46
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ރާއްޖެއެމްވީ
ގިރާވަރު ފަޅު
ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ ރިސޯޓު ނަގާ، ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ދޭންޖެހޭނެ - އަކްރަމް
 
މުއިއްޒަކީ މަޝްވަރާކުރައްވާ ބޭފުޅެއް ނޫން
 
ގިރާވަރު ފަޅު އިތުރަށް ހިއްކާނަމަ ގިރާވަރު ނަގަންޖެހޭ، އެއީ ފައިދާހުރިކަމެއް ނޫން

ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ އެ ފަޅުގައި އޮންނަ ގިރާވަރު ރިސޯޓަށް ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ދައްކަން ޖެހޭނެކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅު އިތުރަށް ހިއްކަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަަވަމުން، އަކްރަމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވެސް ގިރާވަރުފަޅު އިތުރަށް ހިއްކަން އެކަން އިތުރަށް ދިރާސާކުރި ކަމަށެވެ. އަދި ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ، ބިން ހިއްކުމުގެ ހަރަދުގެ އިތުރުން ގިރާވަރު ރިސޯޓް ނަގާ ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ އެވަރުކަމެއް ކުރާކަން އެއީ ފައިދާހުރި ކަމެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މީގެއިތުރުން އަކްރަމް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ ބަދަލުގައި އުތުރު ތިލަފަޅު ހިއްކާފައި އެތަން އާބާދުކުރުން ވެސް މާ ރަނގަޅުވާނެ ކަމަށާއި ސަބަބަކީ އުތުރު ތިލަފަޅު ސަރާސަރަށް ބޮޑުކޮށް ހިއްކޭނެތީ ކަމުގައެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ޕްލޭނަކީ އެމަނިކުފާނު ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރެއްވުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

މުއިއްޒަކީ މަޝްވަރާކުރައްވާ ބޭފުޅެއް ނޫން. އަނެއްކާ ވަޒީރުންގެ ނޯވޭ އިހްތިޔާރެއް އަމިއްލަކަމެއް ކުރައްވަން. މިނިސްޓަރު މޫސާ ޒަމީރުވެސް ވިދާޅުވި މީހެއް ކައިރީގައި، އިންޑިއާ މައްސަލައިގައި ވިޔަފާރިވެރިއެއް ކަންބޮޑުވެގެން އެވާހަކަ ދެއްކީމާ ވިދާޅުވީ ތިމަންނާމެން ބުނާ ބަހެއް ނާއްސަވައޭ. ހަމަ އެގޮތަށް އެހެން ވަޒީރަކަށްވެސް ކަމެއް ނުކުރެވޭ. އެހެންވީމާ މުއިއްޒު ފަތިސް ނަމާދަށް އަރާވަޑައިގެން ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަށް ކަންތައް ކުރައްވަމުން ގެންދަވަނީ. ހަމައެއް ލަމައެއް ނެތި. އޭގެ ހުރިހާ ގެއްލުމެއް މިވަނީ ރައްޔިތުންނަށް.
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަކްރަމް ވިދާޅުވީ ގުޅިފަޅާއި، ހުޅުމާލެއާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭން ހަދާ އެ ގެޒެޓްކޮށްފައި އޮންނާނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒަށް އެހެން ވިދާޅެއް ނުވެވޭނެ ކަމަށާއި، އެއީ ކަންކަން އޮޅުވާލައްވަން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށެވެ. އަކްރަމް ވިދާޅުވީ މުއިއްޒަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި، މުއިއްޒު ދައްކަވާ ވާހަކައިގެ ގަބޫލުކުރަން ވާނީ 10 އިންސައްތަ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭނަކީ، އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ޕްލޭނެއް ނޫން ކަމުގައިވާނަމަ އެއީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ކަމަށާއި، ނަމަވެސް ލޭންޑްޔޫސް ޕްލޭންތައް ހުންނާނީ ހެދިފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެކަމަކު ލޭންޑް ޔޫސް ޕްލޭނެއް ނަހަދާ ގޯސްކޮށް އޮތް ވާހަކަ ވިދާޅެއް ނުވެވޭނެ. އުތުރު ތިލަފަޅުގައި އަޅުގަނޑުމެން ނީންނާނެ ބުރިޖެއް އަޅަން ނިންމާފައި އެއިރު. ފުރަތަމަ ބްރިޖް ޑިޒައިން ކުރި އިރު. ފުރަތަމަ ޑިޒައިން ކުރި އިރު އިންނާނީ މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި އަދި ގިރާވަރުފަޅު. ދެން ތިލަފުށިން އުތުރު ތިލަފަޅަށް އެޅިގެންދާނެ. އަޅުގަނޑުމެން ޕްލޭންކޮށްފައި އޮންނާނީ. ދެން ވިދާޅުވީ އެތަނުން އެކަނި ބޯހިޔާވަހިކަން ހައްލު ނުވާނޭ. އުތުރު ތިލަފަޅު އެބައޮތް ހިއްކެން. އެހެންވީމާ ކޮންމެހެން ނުޖެހޭ ފުށިދިއްގަރު ފަޅު، ދޮޅުގަޑިއިރުން ދޯނީގައި ދެވޭ ތަނަކަށް އިތުރުކުރަން. އެއީ މުޅިން އެހެން ޕްލޭނެއް. މުއިއްޒުގެ ޕްލޭނަކީ މާލެ އެއީ މާލެ ނޫން ކަމަށް ހައްދަވާ، މުއިއްޒުގެ ސިޓީއެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ހެދުން. އެކަން ކުރާނެ ބަޔަކު ނުވާނެ.
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަކްރަމް ވިދާޅުވީ ރަސްމާލެ އެއީ އައު ސިޓީއެއްގޮތަށް ތަރައްޤީކުރަން މުއިއްޒު ބޭނުންފުޅުވާއިރު، މުޅިތަން ހިއްކަން 5 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހިނގާނެ ކަމަށެވެ. އަދި އެތަނުގެ ފެނާއި ނަރުދަމާ ނުލާ އެހާ ބޮޑު އަދަދެއް ހަރަދުކުރާއިރު، 20 އަހަރު ވާއިރު ވެސް އެތަން ތަރައްގީނުވާނެ ކަމަށެވެ. މީގެ އިތުރުން މާލެއިން ފަސޭހައިން ދެވޭގޮތަކަށް އޮވެގެން ނޫނީ މާލޭގެ މީހުން އެތަނަށް ދާން ބޭނުން ނުވާނެ ކަަމަށާއި، ރަސްމާލެއަކީ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުން ގެނެސް އާބާދުކުރަން އުޅޭތަނެއްކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ މާލޭގެ ބޯހިޔާވަހިކަން ހައްލުކުރަން ކުރައްވާ މަސައްކަތެއް ނޫން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގުޅިފަޅުގެ މަސައްކަތް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ގިރާވަރު ފަޅުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ ވާހަކަ ރައީސް ދެއްކެވި އިރު އެކަން އޮތީ ޕްލޭން ކޮށްފައި - އަކްރަމް
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރަން ނިންމައިފި
ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"