އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމު އޭޝިޔާގެ މަތީ ފަތީގައި ކާމިޔާބު ހޯދަން ބޭނުންނަމަ އިންޑިޔާ ދަރިކޮޅުގެ ކުޅުންތެރިން ހޯދަންޖެހޭ ކަމަށް ކޯޗު އިއަގޯ ސްޓިމަކް ބުނެފި އެވެ.
އޭނާ މިހެން ބުނީ އޭޝިއަން ކަޕުގައި އިންޑިޔާ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ވަކިވާން ޖެހުމާ ގާތްވުމުންނެވެ. ކުރިއަށް އޮތް ވިއެޓްނާމް މެޗުން މޮޅުވިޔަސް އިންޑިޔާ އަށް ދެ ވަނަ ބުރަށް ދިއުން އޮތީ އެހެން ޓީމުތަކުން ނެރޭ ނަތީޖާތަކަކާ ގުޅިފަ އެވެ.
އިންޑިޔާ ބަލިވީ އޮސްޓްރޭލިޔާ އަތުން 2-0އިން އަދި ތަޖިކިސްތާން އަތުން 3-0އިންނެވެ.
ކޯޗު ބުނީ ހަމައެކަނި އިންޑިޔާގެ ކުޅުންތެރިން ހިމަނައިގެން ކާމިޔާބު ހޯދަން ދަތި ކަމަށާއި އޭނާ އަށް މަސައްކަތް ކުރެވޭނީ ލިބިފައިތިބި ކުޅުންތެރިންނާއެކުގައި އެކަނި ކަމަށެވެ.
އަހަންނަކަށް ހިޔެއްނުވޭ ދުނިޔޭގެ އެއްވެސް ގައުމަކުން އެބައެއްގެ ދަރިކޮޅުގެ ކުޅުންތެރިން ހިމެނުމަށް ދެކޮޅުހަދާނެހެން. އިންޑިޔާގެ ދަރިކޮޅުގެ ކުޅުންތެރިން ދުނިޔޭގެ އެތަން މިތަނުގައި ބައިވަރު. އެމީހުން ހޯދަންޖެހޭކޯޗު
އޭނާ ބުނީ ހަމައެކަނި އިންޑިޔާގައި ތިބި ކުޅުންތެރިންގެ ބަދަލުގައި އެހެން ގައުމުތަކުގައި ތިބި އިންޑިޔާ ދަރިކޮޅުގެ ކުޅުންތެރިން ހިމަނައިގެން ޓީމު ވަރުގަދަކޮށްފިނަމަ ކުރިމަގުގައި އިންޑިޔާ އަށް ވަރުގަދަ ޓީމެއް ބިނާކުރެވިދާނެ ކަމަށެވެ.