ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 22:07
ގއ. ކޮނޑޭ
ގއ. ކޮނޑޭ
ގޫގުލް
ކޮނޑޭ ކައުންސިލް
ކޮނޑޭގައި ކުށް ކޮށްގެން، އިިސްލާޙް ނުކޮށްފިނަމަ ވަނަވަރު ހާމަކުރަނީ
ކުރެވޭ ކުށުގެ ބާވަތުން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ހިމަނާފައިވޭ

ކުށްކޮށްގެން، އެ ކުށް އިސްލާޙް ނުކުރާ މީހުންގެ ވަނަވަރު ހާމަ ކުރަން ގއ. ކޮނޑޭ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނޫން ލިބޭ ބާރުގެ ދަށުން، ކުށް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ގޮތުގެ އުސޫލެއް ކޮނޑޭ ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ ޢާންމުކޮށްފައެވެ. އެގޮތުން އެ ގަވާއިދުގައި ވަނީ ކައުންސިލުން އަންގާ އެންގުންތަކާއި، ކުރާ އަމުރުތަކާ ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ އުސޫލެވެ.

އެގޮތުން އެ ކައުންސިލުން ޢާންމު ކުރި ރަށްވެހިކަމުގެ ގަވާއިދުތަކާ ގުޅޭ ކުށްތަކުގެ ފިޔަވަޅުތައް ތަރުތީބުކޮށްފައިވަނީ:

  1. ކުށް އިސްލާޙް ކުރުމަށް އަންގައި ޢާންމު އިޢުލާނެއް ކުރުން
  2. ފިޔަވަޅު 1 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ އިސްލާޙް ކުރުމަށް އަންގައި ނޯޓިސްއެއް ފޮނުވުން
  3. ފިޔަވަޅު 2 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ ފުރަތަމަ ފަހަރަށް ކުށާއި ގުޅޭ ޤަވާއިދާއި އެއްގޮތަށް ޖޫރިމަނާ ކުރުން
  4. ފިޔަވަޅު 3 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ ކުށްކުރި މީހާގެ ވަނަވަރާއެކު ކުށުގެ ޢަމަލު އެނގޭނެ ފޮޓޯ ޢާންމު ކުރުން
  5. ފިޔަވަޅު 4 އާއި ގުޅިގެން އިސްލާޙް ނުކޮށްފިނަމަ އެތާރީޚުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު ޖޫރިމަނާކޮށް، ޢަމަލު ހުއްޓުވުމަށާއި، ޖޫރިމަނާ ފައިސާ ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުން.

މީގެ އިތުރުން، އެ ރަށުގައި ކުރެވޭ އެހެނިހެން ކަންކަމާ ގުޅޭ ކުށްތަކުގައި އާންމު ކުރެވޭނެ އުސޫލުތައް ވެސް އެ އިއުލާނުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކުރެވޭ ކުށުގެ ބާވަތުން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ހިމަނާފައެވެ.

- ކޮމެންޓް