ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 05:56
ގއ. ކޮނޑޭގައި ފުލުހުން ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވުން
ގއ. ކޮނޑޭގައި ފުލުހުން ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވުން
ޕޮލިސް
ކޮނޑޭ ޕޮލިސް ޕޯސްޓު ހުޅުވުން
ގއ. ކޮނޑޭ ޕޮލިސް ޕޯސްޓު ހުޅުވައިފި
 
ކޮނޑޭގައި ޕޮލިސް ޕޯސްޓު ހުޅުވުމުން ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެގެންދިޔައީ

ގއ. ކޮނޑޭގައި ފުލުހުން ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ކޮނޑޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮނޑޭ ކައުންސިލު ރައީސް އަޙްމަދު ޢަބްދުލްޙަކީމްއެވެ. ކޮނޑޭ  ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ ކޮނޑޭ ކައުންސިލުގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ  އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ، ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް، ޓެކްނިކަލް ޑިރެކްޓަރ އިބްރާހީމް ދީދީ، އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ކޮނޑޭ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަ ފުޅުގައި، މިއަދަކީ ވަރަށްވެސް ތާރީހީ ދުވަހެއްކަން ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ކޮނޑޭގައި ނަގައި އެރަށުގައި ދިރިއުޅޭ އަދި އެރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް އަމާންކަން ކަށަވަރުކޮށްދިނުމަށް ރަސްމީކޮށް ފުލުހުން ގާއިމުކުރުމުގެ ފެށުން ފާހަގަ ކުރެވި، ފުލުހުންގެ ޚިދުމަތް އިފްތިތާހުކުރެވިގެން ދިޔަ ދުވަސްކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ޕޮލިސް ޕޯސްޓެއް ހުޅުވުމުން ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުނު ދެވަނަ އަތޮޅުކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަފުތާ ސާދައިގައި ހިމެނިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވުމުގެ މަސައްކަތް، މި ހުޅުވިގެން މިދިޔަ ކޮނޑޭ ޕޮލިސް ޕޯސްޓާއެކު ނިންމަވާލެވުނީކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، 600 އެއްހައި މީހުން ދިރިއުޅޭ ކޮނޑޭ ފާހަގަކުރެވިފައި ވަނީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ގޮތުގައިކަމަށާއި ސަރުކާރުގެ ވަޒީފާތަކާއި ކައިރި ރިސޯޓުތަކުގައި ވަޒީފާއަދާކުރާ ހަރުދަނާ ރައްޔިތުންތަކެއް ތަމްސީލުކުރާ މިރަށުގައި އަމާންކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭކަމަށް ވިދާޅުވިއެވެ. އަދި އެއަތޮޅަކީ ދެ އެއާޕޯޓެއް އޮތް އަތޮޅަކަށް ވެފައި ލޯކަލް ޓޫރިޒަމް ފުޅާވެގެންދާދިއުމަކީ އޭގެ ސަބަބުން ރަށުގެ އާންމު މަސްލަހަތާއި ކުށުގެ ވެއްޓަށް ބަދަލުތަކެއް އަންނާނެކަމެއްކަން އަންދާޒާކުރެވޭކަމަށާއި، ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ހާލަތު މިއަދު ބަދަލުވަމުން އަންނައިރު ކުށްކުރާ ފަރާތްތަށް އެކުށްތަކަށް އަރައިގަންނަ ގޮތްތަށް ވެސް މިއަދު ބަދަލުވެފައިވާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައާ ގުޅިގެން، ކުށްގިނަވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށާއި ކުށް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކުށަކަށް އަރައިގަތުމުގެ ކުރިން އެކުށެއް އުފެދެން ދިމާވާ ސަބަބުތައް ނައްތާލުމަށް މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ.

އަދިހަމަ އެހެންމެ އިފްތިތާހު ކުރެވިގެން މިދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން ކޮނޑޭގެ އިޖުތިމާއީ އަދި ސިނާއީ ތަރައްގީއަށް ރައްޔިތުން ހަރަދުކޮށްފައިވާ އަގުބޮޑު މުދަލާއި އާލާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތައް ވެގެންދާނެކަމަށާއި ޖަމުއިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށާ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެ ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ ފުލުހުންގެ ކަންބޮޑުވުމެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދެއްވުމަށް ކޮނޑޭގައި ގާއިމުވެތިބެ ޚިދުމަތް ފޯރުކޮށްދެއްވާ ފުލުހުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން ޖަމާއަތުގައި ނަމާދުކުރުމާއި، ޑިއުޓީ ގަޑީގައި ގިނަ ވަގުތު ރަށުތެރޭގައި ހަރަކާތްތެރިވުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމާއި ބަނދަރު ސަރަހައްދު ބެލެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވައިލައްވަމުން، މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށް މަދުކޮށް، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތްކޮށް އަދި މިއީ ފުލުހުން އެކަނި ކުރެވޭނެ ކަމެއް ނޫންކަމަަށް ދެކިގެން އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮނޑޭ ކައުންސިލުގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމް ވިދާޅުވީ މި ހުޅުވިގެން މިދިޔަ ޕޮލިސް ޕޯސްޓަކީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންގެ އެތައް ދުވަހެއްގެ ބުރަ މަސައްކަތްކަތުގެ ނަތީޖާކަމަށެވެ. އަދި ހަމައެއާއެކު ކޮނޑޭ އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ކޮމިޝަނަރގެ އިތުރުން އަތޮޅު ކޮމާންޑަރާއި، މިހުވަފެން ހަގީގަތަކަށް ހައްދަވައި ދެއްވުމަށް މަސައްކަތްކުރެއްވި ފުލުހުންނާއި އެހެނިހެން ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން