ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 08:58
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ މުވާސަލާތީ ތަންތަން ހަލާކުކުރަނީ ގަސްތުގައި
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ މުވާސަލާތީ ތަންތަން ހަލާކުކުރަނީ ގަސްތުގައި
ރޮއިޓާސް
ޣައްޒާގެ މުވާސަލާތީ ޚިދުމަތް
ޣައްޒާގައި ފޯނާއި ނެޓްގެ ޚިދުމަތް 8 ދުވަސް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން ލިބެން ފަށައިފި
 
ޕަލްޓެލްއަކީ ޣައްޒާގައި ސެލިއުލާ އަދި އިންޓަނެޓް މުވާސަލާތީ ޚިދުމަތާއި، ފިކްސްޑް ކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި

ފަލަސްތީނުގެ ޣައްޒާގައި 8 ދުވަސްވަންދެން މުވާސަލާތީ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު، ޓެލެފޯންގެ ޚިދުމަތާއި، އިންޓަނެޓްގެ ޚިދުމަތް ހުކުރު ދުވަހުގެ ރޭން ފެށިގެން މަޑުމަޑުން އަލުން ލިބެމުން އަންނަ ކަމަށް އަނަޑޯލޫ ނިއުސް އެޖެންސީން ބުނެފިއެވެ.

ޣައްޒާގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ޕަލްޓެލް ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތެރޭގެ ނެޓްވޯރކް އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނީ، ހޮނިހިރު ދުވަހު ޓެލެކޮމިއުނިކޭޝަން ނެޓްވޯރކް ރަނގަޅުކުރަން އުޅުމުގެ ތެރޭގައި އިސްރާއީލުގެ އާޓިލަރީ ޝެލްއަކުން ދިން ހަމަލާއެއްގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ޝަހީދުވެފައި ވާކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ޝަހީދުވި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 14އަށް އަރާފައިވާކަމަށެވެ.

މިހިނގާ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ގިނަ ސަރަހައްދުތަކުގައި މުވާސަލާތީ ޚިދުމަތް މެދުކެނޑިފައިވާއިރު، މިއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން ޣައްޒާއިން މި ޚިދުމަތްތައް މެދުކެނޑުނު 9 ވަނަ ފަހަރެވެ.

ޕަލްޓެލްއަކީ ޣައްޒާގައި ސެލިއުލާ އަދި އިންޓަނެޓް މުވާސަލާތީ ޚިދުމަތާއި، ފިކްސްޑް ކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ.

އެހެން ޓެލެކޮމް އޮޕަރޭޓަރެއް ކަމަށްވާ އުރީދޫއިން ހުކުރު ދުވަހު ބުނީ، ޣައްޒާގެ މެދުތެރެއާއި ދެކުނުގައި އަދިވެސް އެ ކުންފުނީގެ ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކަށް ބުރޫއަރާފައި ވާކަމަށާއި، އުތުރުގެ ސަރަހައްދުތަކުގައި އެ ކުންފުނީގެ ޚިދުމަތްތައް ދެމުން އަންނަކަމަށެވެ.

ޣައްޒާއަށް އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދެމުން ގެންދަނީ ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި 1200 މީހުން މަރުވިކަމަށް ތެލްއަވީވުން ބުނަމުންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 24،762 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، 62،108 މީހުން ޒަޚަމްވެފައި ވާކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރު ވެފައިވާކަމަށް އދ.ން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް