ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 23:19
ޖަޕާން އެއާލައިންގެ ދެން އަންނަ ރައީސް މިޓްސުކޯ ޓޮއްޓޮރީ
ޖަޕާން އެއާލައިންގެ ދެން އަންނަ ރައީސް މިޓްސުކޯ ޓޮއްޓޮރީ
ރޮއިޓާސް
ޖަޕާން އެއާލައިންސް އަށް އަންހެން ރައީސެއް
ޖަޕާން އެއާލައިންސްގެ ފުރަތަމަ އަންހެން ރައީސަކަށް ކުރީގެ އެއާހޮސްޓެސްއެއް
 
2022 ނިމުނުއިރު އެންމެ ބޮޑެތި 100އެއާލައިންގައި މަތީ މަގާމް ތަކުގައި ތިބީ 12 އަންހެނުންނެވެ.

ޖަޕާން އެއާލައިންސްގެ ފުރަތަމަ އަންހެން ރައީސްގެ މަގާމަށް އެ އާލައިންސް ގައި ކުރިން އެއާހޮސްޓެސް އެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތެއް އައްޔަން ކޮށްފިއެވެ. އެޕްރިލް އެއްވަނަ ދުވަހު މަގާމުގެ މަސްއޫލިއްޔަތު ތަކާ ހަވާލުވާ މިޓްސުކޯ ޓޮއްޓޮރީ ފުރަތަމަ ޖަޕާން އެއާލައިންސްއާ ގުޅުނީ ފްލައިޓް އެޓެންޑެއްޓެއްގެ ގޮތުގައި 1985 ވަނަ އަހަރުއެވެ.

މަގާމަށް އައްޔަން ވުމަށްފަހު ޓޮއްޓޮރީ ބުނެފައިވަނީ އޭނާއަށް މިލިބުނު ޕްރޮމޯޝަންގެ ސަބަބުން އެހެން އަންހެނުން ނަށްވެސް އެމީހުންގެ ކެރިއަރ ގައި ކުރިއަށް ދިއުމުގެ ހިއްވަރު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.

ޖަޕާންގެ އެއާލައިންތަކުގެ އިސް މަގާމަތައް ދެވޭ އުސޫލަށް ބަދަލުތަކެއް ގެނެވިފައި ވުމާއި އެކުވެސް އެންމެ އިސް މަގާމްތަކުގައި އަދިވެސް ތިބީ ވަރަށް މަދު އަންހެނުން ކަމަށް ވެއެވެ.

ކުރިން ޖަޕާން އެއާލައިންސްގެ ރައީސްގެ މަގާމުގައި ހުރި ޔޫޖީ އަކަސަކަ އެޕްރީލް އެއްވަނަ ދުވަހު ބަދަލުވާނީ އެއާލައިންގެ އެންމެ އިސް މަގާމް ކަމަށްވާ ޗެއާމަންގެ މަގާމަށެވެ.

ޖަޕާން އެއާލައިންސްގެ އިސް މަގާމް ތަކަށް ބަދަލުތަކެއް މިގެނައީ 379 ފަސިންޖަރުންނާއެކު ދަތުރު ކުރި ޖަޕާން އެއާލައިންސްގެ ބޯޓެއް، ޖައްސަން އައުމުގެތެރޭ އެހެން ކުޑަބޯޓެއްގައި ޖެހި އެކްސީޑެންޓެއް ހިނގިތާ މާގިނަ ދުވަހެއް ނުވަނީހެވެ. މިއެކްސީޑެންޓަށް ފަހު ހުރިހާ ފަސިންޖަރުންނާ ފަޅުވެރިން ސަލާމަތް ވެފައިވީނަމަވެސް ފަހުން ވަނީ ބޯޓުގައި ރޯވެ އަނދާފައެވެ.

ޖަޕާން އެއާލައިންސްގެ ރައީސްކަމާ އަލަށް ހަވާލުވި ޓޮއްޓޮރީ ފްރަންޓްލައިން ގެ މަސައްކަތް ތަކުގައި އުޅުމަށްފަހު 2015ވަނަ އަހަރު ކެބިން ކްރޫ އިންގެ ޑިރެކްޓަރަށް ބަދަލުވެފައިވެއެވެ.

މަގާމަށް އައި ބަދަލު އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސް ގައި އޭނާބުނެފައިވަނީ ކެރިއަރގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ސޭފްޓީ އަދި ކަސްޓަމަރ ސަރވިސްގައި ކަމަށެވެ. އަދި ކޮންމެ އެއާލައިން އަކުންވެސް އެންމެ އިސްކަން ދޭންޖެހޭނީ އޮޕަރޭޝަނަލް ސޭފްޓީ އަށް ކަމަށާ އެހެންކަމުން އެއުސޫލުގައި އަދިވެސް ވަރުގަދަޔަށް ހިފަހައްޓާނެކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ކެރިއަރގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދާ އަންހެނުންނަށް އޭނާގެ ޕްރޮމޯޝަންގެ ސަބަބުން ހިތްވަރު އާވާނެ ކަމަށް އުންމީދު ކުރާކަމަށް ބުނެފައިވެއެވެ.

އެވިއޭޝަން ސްޕެޝަލިސްޓް ވެބްސައިޓް ފްލައިޓް ގްލޯބަލްއިން ބުނެފައިވާ ގޮތުގައި 2022 ނިމުނުއިރު އެންމެ ބޮޓެތި 100އެއާލައިންގައި މަތީ މަގާމް ތަކުގައި ތިބީ 12 އަންހެނުންނެވެ. އޭގެ އެއްއަހަރު ކުރިން ތިބީ 6 އަންހެނުންނެވެ.

ޖަޕާންގެ ބޮޑެތި ކުންފުނިތަކުގައި އިސްމަގާމްތަކުގައި އަންހެނުން ތިބުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން މިހާރުވަނީ 2030އަންނަންވާއިރަށް ބޮޑެތި ވިޔަފާރި ތަކުގެ ތިންބައިކުޅައެއްބައިގެ އިސް މަގާމު ތަކަށް އަންހެނުން ހަމަޖެއްސުމުގެ ޓާގެޓެއް ކަނޑައަޅާފައެވެ. އަދި 2025 ގެ ނިޔަލަށް އެއް އަންހެނަކުނަމަވެސް އިސްކުރުމަށް ސަރުކާރުން ވަނީ ވިޔަފާރިތަކަށް ގޮވާލާފައެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް