ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 21:48
މާފުށީ ޖަލުގައި ކުރިއަށްގެންދާ ކަސަބު ގެތުމާބެހޭ ވޯކްޝޮޕް
މާފުށީ ޖަލުގައި ކުރިއަށްގެންދާ ކަސަބު ގެތުމާބެހޭ ވޯކްޝޮޕް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މާފުށީ ޖަލު
ދިވެހި ސަގާފީ މަސައްކަތްތައް އަލާކުރުމަށް، މާފުށީ ޖަލުގައި ކަސަބު ގެތުމުގެ ކޯހެއް ފަށައިފި
ކަސަބު ގެތުން ގައިދީންނަށް ދަސްކޮށްދޭނީ މި އޮފިސަރުން މެދުވެރިކޮށް
މި ފަހަރު މި ކޯސް ނަގައިދެނީ ކަރެކްޝަންގެ ޖުމްލަ އަށް އޮފިސަރަކަށް

މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުމާއެކު ދިވެހި ސަގާފީ މަސައްކަތްތައް ދިރުވާ އާލާކުރުމަށް ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އެ ޖަލުގައި ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ފެށި މި ވޯކްޝޮޕަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށް، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރިއަށް ގެންދާ ކޯހެކެވެ.

އެގޮތުން މި ފަހަރު މި ކޯސް ނަގައިދެނީ ކަރެކްޝަންގެ ޖުމްލަ އަށް އޮފިސަރަކަށެވެ. އެގޮތުން މި ވޯކްޝޮޕްއަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާއިރު، ކަސަބު ގެތުން ގައިދީންނަށް ދަސްކޮށްދޭނީ މި އޮފިސަރުން މެދުވެރިކޮށެވެ.

މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި ޤާއިމްކުރުމުގެ ގޮތުން މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ވޯކްޝޮޕްތަކަކީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވޯކްޝޮޕްތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް