ރިވައިވަލް ސްޕޯރޓްސް އިން އޭދަފުށީގައި ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕެއް ފަށައިފި އެވެ.
މިއީ ދާދިފަހުން ރިވައިވަލް އިން އޭދަފުށީގައި ފެށި ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އެރަށުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. ރިވައިވަލް ސްޕޯރޓްސް އޭދަފުށި ޖޫނިއަރ ޗެމްޕިއަންޝިޕްގައި 150 އަށް ވުރެ ޖޫނިއަރ ކުޅުންތެރިން ވާދަކުރެއެވެ. އޭގެތެރޭގައި އޭދަފުށި ކުޅުންތެރިން ގިނަޔަސް, މާލެއިންވެސް މުބާރަތުގައި ވާދަކުރަން ކުޅުންތެރިން އޭދަފުއްޓަށް ދިޔައެވެ.
މުބާރާތުގައި ކުޅުންތެރިން ވާދަކުރަނީ ފަސް އުމުރު ފުރައަކުންނެވެ. އެއީ 9 އަހަރުން ދަށް, 12 އަހަރުން ދަށް, 14 އަހަރުން ދަށް, 16 އަހަރުން ދަށް, އަދި 18 އަހަރުން ދަށެވެ. މުބާރާތުގައި ޖުމްލަ 190 ދެ މެޗު ކުޅޭނެއެވެ. މިއީ ރިވައިވަލް ސްޕޯރޓްސްއިން މުސްތަގްބަލަށް އަމާޒުކޮށް ފެށި ޕްރޮޖެކްޓެއް ކަމަށް އެކްލަބުން ބުންޏެވެ. ރިވައިލްވަލް އިން އަންނަނީ މާލޭގައި ކުޅުންތެރިން އެކޮމަޑޭޓް ކޮށްގެންވެސް ކުޅުންތެރިންނަށް ފުރުޞަތުދީ, ކުޅުންތެރިން ބިނާކުރަން މަސައްކަތް ކުރަމުންނެވެ.
މުބާރާތް ކުރިއަށްދަނީ މިމަހުގެ 18-20 އަށެވެ. ރިވައިވަލް ސްޕޯރޓްސްއިން ވަނީ މީގެކުރިންވެސް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ބެޑްމިންޓަންގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. އެކްލަބުން މާލެއިން ބޭރުގައި ހިންގާ ފުރަތަމަ އެކަޑަމީ ފެށީ އޭދަފުށީގައެވެ.