ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 14:57
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރެއިން
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރެއިން
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު 2024
މަޖިލިސް އިންތިޚާބު 2024: ވޯޓު ފޮށި ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި
 
ޝަކުވާތަކުގެ ތެރެއިންވެސް ގިނައީ މަރުވެފައިވާ މީހުންގެ ނަންތައް ލިސްޓުގައި ހުރި ޝަކުވާ
 
އިންތިހާބަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމާއިގުޅުންހުރި އެހެން އިދާރާތަކާއެކީގައި ތާވާލުކުރުމުގެ ކަންކަން ކުރިއަށްދޭ

މާޗް މަހުގެ ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ފޮށިތައް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މަޖިލިސް އިންތިހާބަށް ވޯޓު ފޮށިތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިންތިހާބަށް ބޭނުންވާ ބައެއްކަހަލަ ތަކެތި ހޯދުމަށްޓަކައި އިއުލާންކުރުމާއި، އެތަކެތި ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އިދާރީގޮތުން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އިންތިހާބަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމާއިގުޅުންހުރި އެހެން އިދާރާތަކާއެކީގައި ތާވާލުކުރުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން އިންތިހާބަށް ބޭނުންވާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އޮފިޝަލުން ހޯދުމުގެ މަސައްކަތް ވެސް ހޮނިހިރު ނުވަތަ އާދީއްތަ ދުވަހު އާންމުކޮށް ހުޅުވާލެވޭނެ. އެކަމާއި ބެހޭ އިދާރާ ތައްޔާރީތައް ނިމި މިފަހަރު އޮފިޝަލުން ހޯދުމަށް ހުޅުވާލާނީ އޮންލައިންކޮށް ކުރިމަތިލެވޭގޮތަށް ފިޒިކަލް ފޯމް ނުގެންނަ ގޮތަށް ފަސޭހަކޮށްދިނުމުގެ ގޮތުން.
ހަސަން ޒަކަރިއްޔާ / އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް

ހަސަން ވިދާޅުވީ ޑީއެންއާރަށް 9 ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ. އެއީ ރަށްވެހިކަމުގެ މައްސަލަތަކާއި މަރުވެފައިވާ މީހުންގެ ނަންތައް ލިސްޓުގައި ހުރުމުން ކަމަށެވެ. އަދި މި ޝަކުވާތަކުގެ ތެރެއިން ވެސް ގިނައީ މަރުވެފައިވާ މީހުންގެ ނަންތައް ލިސްޓުގައި ހުރި ޝަކުވާ ކަމަށެވެ.

ކުރިއަށް އޮތް މަރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އީސީން ވަނީ 10 ޤައުމަކުން 20 މީހުންނަށް އިންތިޚާބު މޮނިޓަރުކުރުމަށް ދައުވަތުދީފައެވެ. އަދި 5 ޖަމްޢިއްޔާއަކުން 10 މީހަކަށް ފުރުސަތުދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް