ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 14:16
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބު އޮބްޒަރވްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިޚާބު އޮބްޒާވްކުރުމަށް ހުށަހެޅޭނީ އުމުރުން 18 އަހަރުވެފައިވާ މީހުންނަށް
އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ

ކުރިއަށް އޮތް މަރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް އޮބްޒާވްކުރުމުގެ ފުރުޞަތު މީގެ ކުރިން ވެސް ބޭރުގެ ފަރާތްތަކަށް ހުޅުވާލައެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ބޭރުގެ ފަރާތްތަކަށް އިންތިޚާބު ކަވަރކުރުމަށް އެދި ފޯމް ހުށަހެޅޭނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ބޭރުގެ އެހެނިހެން ފަރާތްތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިޚާބު އޮބްޒާވްކުރުމަށް ހުށަހެޅޭނީ އުމުރުން 18 އަހަރުވެފައިވާ މީހުންނަށެވެ. މީގެ އިތުރުން އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އީސީން ވަނީ 10 ޤައުމަކުން 20 މީހުންނަށް އިންތިޚާބު މޮނިޓަރކުރުމަށް ދައުވަތުދީފައެވެ. އަދި 5 ޖަމްޢިއްޔާއަކުން 10 މީހަކަށް ފުރުސަތުދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2024 ޖަނަވަރީ 10 ވީ ބުދަ ދުވަހު އާންމުކޮށްފައިވާއިރު، މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު، ކޮމިޝަނުގެ ވެބްސައިޓު، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.  

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ 2024 މާރިޗް 17 ވާ އާދިއްތަ ދުވަހު ކަމަށެވެ. އެއީ ރަމަޟާން މަހުގެ 7 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް