ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 07:47
ހަމާސްގެ ސިޔާސީ ލީޑަރު ޔަހްޔާ ސިންވާރު
ހަމާސްގެ ސިޔާސީ ލީޑަރު ޔަހްޔާ ސިންވާރު
ރޮއިޓާސް
އީޔޫގެ ޓެރެރިސްޓް ލިސްޓް
އީޔޫއިން ހަމާސްގެ ސިޔާސީ ލީޑަރު ޔަހްޔާ ސިންވާރު ޓެރަރިސްޓު ލިސްޓަށް އިތުރުކޮށްފި
 
އެމެރިކާގެ ޓެރަރިޒަމްގެ ލިސްޓުގައި އޭނާ ހިމެނުނީ 2015 ވަނަ އަހަރު

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެންބަރު ގައުމުތަކުން އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހަމާސްގެ ސިޔާސީ ލީޑަރު ޔަހްޔާ ސިންވާރު ހިމަނައިފިއެވެ.

މި ފިޔަވަޅުގެ ސަބަބުން އީޔޫގެ މެންބަރު ގައުމުތަކުގައި ހުރި ސިންވާރުގެ ފައިސާ އާއި އެހެނިހެން މާލީ މުދާހިފެހެއްޓުމާއި އީޔޫގެ އޮޕަރޭޓަރުންނަށް އިގްތިސާދީ ވަސީލަތްތައް ފޯރުކޮށްދިނުން މަނާކުރެވޭނެއެވެ.

ހަމާސްގެ ސިޔާސީ އަދި އަސްކަރީ ގޮފިތަކުގެ މެދުގައި ގުޅުން ބަދަހިކުރާ މައިގަނޑު އެއް މީހެއްގެ ގޮތުގައި ބެލެވޭ، ޣައްޒާއަށް ނިސްބަތްވާ ސިންވާރު ވަނީ 2017 ވަނަ އަހަރު އެ ޖަމާއަތުގެ އަސްކަރިއްޔާގެ ކޮމާންޑަރަކަށް އަދި މުޅި ޣައްޒާގެ ލީޑަރުގެ މަގާމަށް އިންތިހާބުވެފައެވެ.

އިސްރާއީލުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ހައްޔަރުކޮށްފައިވާއިރު، އެންމެ ފަހުން ދޫކޮށްލީ 2011 ވަނަ އަހަރު ގައިދީން ބަދަލުކުރުމުގެ ތެރެއިންނެވެ.

އެމެރިކާގެ ޓެރަރިޒަމްގެ ލިސްޓުގައި އޭނާ ހިމެނުނީ 2015 ވަނަ އަހަރުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާ އެކު ހިނގަމުންދާ ހަނގުރާމައަށް ހިތްވަރު ދިން ނުރައްކާތެރި ހަމަލާގައި ސިންވާރު ބައިވެރިވިއެވެ. މިދިޔަ ޑިސެމްބަރު މަހު އިނގިރޭސިވިލާތުން ވަނީ ހަމާސްގެ އެހެން އިސް ވެރިންނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އޭނާވެސް ވަނީ ހިމަނާފައެވެ.

ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އީޔޫ އާއި ހުޅަނގުގެ އެހެން ބައިވެރިން ވަނީ ކަނޑައަޅާފައެވެ.

ސިންވާރަކީ މިދިޔަ އޮކްޓޫބަރު މަހު މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދުނު ފަހުން އީޔޫއިން އަމިއްލައަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ހަމާސްގެ ތިން ވަނަ އިސް ލީޑަރެވެ.

މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އީޔޫގެ މެންބަރު ގައުމުތަކުން ވަނީ ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ ބިރްގާޑޭސް އެޒެދީން އަލް ކަސާމްގެ ސީނިއާ ކޮމާންޑަރުން ކަމަށްވާ މުހައްމަދު ދީފާއި މަރުވާން އީސާ ވެސް ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައެވެ.

މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ހަމާސްގެ މާލީ ވަސީލަތްތައް ކަނޑުވާލައި، އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އިތުރު ހަމަލާތައް ދިނުން ހުއްޓުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް