ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 11:58
މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތް ހުޅުވަައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތް ހުޅުވަައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މ ވޭވަށު މެޖިސްޓްރޭޓު ކޯޓު
އުއްތަމަފަނޑިޔާރު، މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތް ހުޅުވައިދެއްވައިފި
މިއީ ޕީއެސްއައިޕީގެ ދަށުން 2022 ވަނަ އަހަރު ފެށި މަސައްކަތެއް
މީގެ ކުރިން ކޯޓުން ބޭނުން ކުރަމުން އައީ އެރަށު ކައުންސިލު އިދާރާގެ އޮފީހުގެ ބައެއް

މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރާތް ހުޅުވައިފިއެވެ.

ހޯމަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުވައިދެއްވީ ރާއްޖޭގެ އުއްތަ މަފަނޑިޔާރު ޑރ މުއުތަސިމް އަދުނާނެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ސެކެޓަރީ ޖެނެރަލް އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ އިތުރުންވެސް ޝަރުއީ ދާއިރާގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތުގެ މަސައްކަތަކީ ޕީއެސްއައިޕީގެ ދަށުން 2022 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މި މަސައްކަތް ކޮށްފައިވަނީ ކައުންސިލު މެދުވެރިކޮށެވެ.

މީގެ ކުރިން ކޯޓުން ބޭނުން ކުރަމުން އައީ އެރަށު ކައުންސިލު އިދާރާގެ އޮފީހުގެ ބައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް