ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 09:41
ސަލާހު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ކޮށްދެނީ
ސަލާހު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ކޮށްދެނީ
ރޮއިޓާސް
އެފްރިކަޕް ކަޕް
އެފްރިކަން ކަޕްގައި މިޞްރުގެ ފުރަތަމަ މެޗު އެއްވަރު
މެޗެ އެއްވަރުވީ 2-2 ން

އެފްރިކާ ބައްރުގެ ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ އީދު, އެފްރިކަޕް ކަޕް އޮފް ނޭޝަންގައި މިޞްރު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ. މޮޒަމްބީކްއާ ވާދަކޮށް މެޗު އެއްވަރުވީ 2-2 ނެވެ.

ލިވަޕޫލްގެ ފޯވާށް މުޙައްމަދު ސަލާހުގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އަންނަ މިޞްރުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެވެސް 7 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަލާހު އެވެ. މެޗު ފަށައިގެން ދެ މިނިޓް ތެރޭ އަބުދުالله ލަނޑު ޖަހައިގެން މިސްރަށް ކުރި ހޯދައިދިނެވެ. އެކަމަކު 55 ވަނަ މިނިޓާއި 58 ވަނަ މިނިޓްގައި ލަނޑު ޖަހައިގެން މޮޒަމްބީކުން ލީޑެއް ހޯދިއެވެ. އެޓީމްގެ ދެ ލަނޑު ޖެހީ ކުއެމްބޯއާއި, ޕަލްމިރިމް ޑޭވިޑް އެވެ.

ފުރަތަމަ މެޗަށްފަހު މިގްރޫޕްގެ އެއްވަނައިގައި އޮތީ 2-1 ން ގާނާ ބަލިކުރި ކެޕް ވާޑް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް