ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 06:32
ސްޕެނިޝް ލީގުގައި އަލްމޭރިއާ އާއި ޖިރޯނާ ކުޅުނު މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި އަލްމޭރިއާ އާއި ޖިރޯނާ ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ސްޕެނިޝް ލީގު
އަލްމޭރިއާ އަތުން ޖިރޯނާ އަށް މޮޅު ނުވެވުނު
 
މެޗު އެއްވަރުވެ، ޖިރޯނާ އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުން

ސްޕެނިޝް ލީގުގައި އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން ޖިރޯނާ އަށް މޮޅެއް ނުހޯދި ނިންމާލަން ޖެހިއްޖެ އެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ އަލްމޭރިއާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. މެޗުން މޮޅުވެ، އެއް ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ޖިރޯނާ އަށް އޮތް ނަމަވެސް، މޮޅު ނުވެވުމުން އެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

އަލްމޭރިއާއާ ދެކޮޅަށް ޖިރޯނާ އިން ރަނގަޅަށް ކުޅުނު ނަަމަވެސް، އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖިރޯނާގެ ފޯވާޑް އާޓެމް ޑޮބީކް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. މީގެ އިތުރުން އެ ޓީމުގެ ޕަބްލޯ ޓޮރޭ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މެޗު އެއްވަރުވެ، ޖިރޯނާ އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން އެ ޓީމަށް ލިބިފައި ވަނީ 49 ޕޮއިންޓެވެ. ޖިރޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 48 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށްގެން، އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ރެއާލަށް މިހާރު އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް