ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮނޑި އާއި މޭޔަރ ގޮނޑިއަށް މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާންކޮށްފިއެވެ.
ބައި އިލެކްޝަންތައް ބާއްވާފައިވަނީ މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެއެވެ. މީގެތެރެއިން ހެންވޭރު ދެކުނު ދާއިރާ ޕީއެންސީގެ އައިމިނަތު ރިޝްފާ ކާމިޔާބުކުރެއްވިއިރު މާފަންނު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ހަސަން ނިޒާމު ވަނީ ކާމިޔާބުކުރައްވާފައެވެ. އަދި މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ އަހުމަދު ރިޝްވާނެވެ.
ބައި އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ:
މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ދެކުނު ދާއިރާ:
- ހައްވާ ނިހުލާ (އެމްޑީޕީ) 308 ވޯޓު
- އައިމިނަތު ރިޝްފާ އަހުމަދު (ކޮންގްރެސް) 411 ވޯޓު
- އައިޝަތު އަފްނާން އަލީ (އަމިއްލަގޮތުން ) 160 ވޯޓު
- އައިޝަތު ލީނާ (ދަ ޑިމޮކްރަޓްސް) 139 ވޯޓު
މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ:
- އަހުމަދު ރިޟްވާން ރަޝީދު (އެމްޑީޕީ) 320 ވޯޓު
- މުހައްމަދު ޒައިން ހަސަން ( އަމިއްލަގޮތުން) 190 ވޯޓު
- ފާތުމަތު ޝައުފާ ސަލީމް (ކޮންގްރެސް ޕާޓީ) 305 ވޯޓު
- އަބްދުﷲ އަތޫފް (އަމިއްލަގޮތުން) 229 ވޯޓު
މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ:
- މުހައްމަދު ރަފީއު (އަމިއްލަގޮތުން) 58 ވޯޓު
- ހަސަން ނިޒާމް (ކޮންގްރެސް ޕާޓީ) 383 ވޯޓު
- އަލީ އިސްހާގު ( ދަ ޑިމޮކްރަޓްސް) 84 ވޯޓު
- އަހުމަދު އިމްރާން (އެމްޑީޕީ) 343 ވޯޓު
- މުހައްމަދު މައިޒަރު އާދަމް ޒާހިރު (އަމިއްލަގޮތުން) 215 ވޯޓު
މޭޔަރ:
- ޝުއައިބު އަލީ (އަމިއްލަގޮތުން) 125 ވޯޓު
- ހުސައިން ވަހީދު (އަމިއްލަގޮތުން ) 1888 ވޯޓު
- އާއިޝަތު އާޒިމާ ޝަކޫރު (ކޮންގްރެސް) 5031 ވޯޓު
- އާދަމް އާޒިމް (އެމްޑީޕީ) 7621 ވޯޓު
- މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރަޓްސް) 2343 ވޯޓު
މޭޔަރ އިންތިޚާބުކުރުމަށް ވޯޓު ދިނުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވީނަމަވެސް ވޯޓުލާފައިވަނީ 17،410 މީހުންނެވެ.