ކ. މާލެ
|
13 ޖެނުއަރީ 2024 | ހޮނިހިރު 14:33
ހޫތީ މީޑިއާ ސެންޓަރުން އާންމުކުރި މި ފޮޓޯއިން ފެންނަނީ ނޮވެމްބަރު 19، 2023 ވާ އާދީއްތަ ދުވަހު ކާގޯ ޝިޕް ގެލެކްސީ ލީޑަރަށް ހޫތީ އެސްކޯޓް ކުރާ މަންޒަރެވެ.
ހޫތީ މީޑިއާ ސެންޓަރުން އާންމުކުރި މި ފޮޓޯއިން ފެންނަނީ ނޮވެމްބަރު 19، 2023 ވާ އާދީއްތަ ދުވަހު ކާގޯ ޝިޕް ގެލެކްސީ ލީޑަރަށް ހޫތީ އެސްކޯޓް ކުރާ މަންޒަރެވެ.
އޭއެފްޕީ
ރަތްކަނޑުގެ ސަލާމަތާއި ރައްކާތެރިކަން
ރަތް ކަނޑުގެ ވިޔަފާރީގެ މަގު ޢާއްމު ޙާލަތަކަށް އައުމަށް އަދިވެސް މަސްތަކެއް ނަގާނެ: މައާސްކްގެ ވެރިޔާ
 
ހޫޘީން ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ރަތް ކަނޑުގެ ހަމަނުޖެހުން ހޫނުވަމުން އަންނައިރު، އެކި ގައުމުތަކުގެ ވިޔަފާރީގެ އުޅަނދުތަކަށް އިތުރު ހަމަލާތަކެއް ދަނީ ދެމުން

ރަތް ކަނޑުގެ ވިޔަފާރީގެ މަގު ޢާއްމު ޙާލަތަކަށް އައުމަށް އަދިވެސް މަސްތަކެއް ނަގައިފާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގ ކޮންމްޕެނީ މައާސްކްގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

ހޫތީންގެ ހަނގުރާމަ ފެށުނީއްސުރެ ރަތް ކަނޑުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު އާންމު ހާލަތަށް އެނބުރި އައުމަށް އަދިވެސް އެތައް މަހެއް ނަގައިފާނެކަމަށް މައާސްކްގެ ވެރިޔާ ވިދާޅުވީ އެކުންފުނީގެ ވިޔަފާރި އާއި ބެހޭގޮތުން ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއު އެއްގައެވެ.

ރަތް ކަނޑުގެ ސަރަހައްދަށް ދޭ ހަމަލާތައް އިތުރުވެ، ޑިސެމްބަރު މަހު އެ ސަރަހައްދަށް ފޮނުވި ކޮންޓެއިނަރުގެ އަދަދު ދެބައިކުޅަ އެއްބަޔަށް ދަށްވެ، ފާއިތުވި މަސްތަކުގައި ދުނިޔޭގެ ކަނޑުގެ ވިޔަފާރިއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން ރުޅިއައިސްފައިތިބި ހޫޘީން ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ރަތް ކަނޑުގެ ހަމަނުޖެހުން ހޫނުވަމުން އަންނައިރު، އެކި ގައުމުތަކުގެ ވިޔަފާރީގެ އުޅަނދުތަކަށް އިތުރު ހަމަލާތަކެއް ދަނީ ދެމުންނެވެ.

މައާސްކް، އެމްއެސްސީ އަދި ހަޕަގް-ލޮއިޑް ފަދަ ގިނަ ޝިޕިން ކުންފުނިތަކުން ވަނީ އެ މީހުންގެ ޝިޕިން ކޮންޓެއިނަރުތައް ކޮންފްލިކްޓް ޒޯން މެދުވެރިކޮށް ފޮނުވުން ވަގުތީ ގޮތުން ހުއްޓާލައި، ދެކުނު އެފްރިކާގެ ވަށައިގެން ދިގު އަދި އަގުބޮޑު ދަތުރުތަކެއް ކުރަން ޖެހިފައެވެ.

ޑެންމާކުގެ ޝިޕިން ކުންފުނި މައާސްކްގެ ސީއީއޯ ވިންސެންޓް ކްލަރކް ފައިނޭންޝަލް ޓައިމްސްއަށް ވިދާޅުވީ، މި ހުރަސްތައް އެތައް މަހެއް ވަންދެން ދެމިއޮންނާނެ ކަމަށާއި، އެކަމުގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަން އިތުރަށް މައްޗަށް ހިނގައިދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ، މިކަމުގައި ނަގާނެ ދުވަސްތަކެއް ބުނާކަށް، އަޅުގަނޑުމެން މި ދައްކަނީ ދުވަސްކޮޅެއްގެ ތެރޭގައި، ހަފުތާއެއް ނުވަތަ މަހެއްގެ ތެރޭގައި ރަތް ކަނޑުގެ ސަރަހައްދަށް ރައްކާތެރި ކަމާއެކު ދަތުރުކުރެވޭނެ ގޮތް އަލުން ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ވާހަކަ... އެކަމުގެ ސަބަބުން ދުނިޔޭގެ ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،"
ކްލެކް ވިދާޅުވި އެވެ.

ޓެސްކޯ ފަދަ ސުޕަމާކެޓް ޗެއިންތަކުން މިހާރު ވެސް ވަނީ ރަތް ކަނޑުގެ ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް ތަކެތީގެ އަގު އުފުލިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ދުނިޔޭގެ ކަނޑުގެ މުދަލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މައާސްކް ދަތުރުތައް އަލުން ފަށަން މަސައްކަތް ކުރީ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދުން އެ ސަރަހައްދުގައި ރައްކާތެރި މަގެއް އުފައްދަން މަސައްކަތް ކުރުމުންނެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ފަހުކޮޅު އިތުރު ހަމަލާއަކަށް ފަހު އަނެއްކާވެސް އެ ގައުމުގެ އުޅަނދުތައް ޑައިވާޓް ކުރަން ވަނީ މަޖުބޫރުވެފަވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް