Advertisement
ކ. މާލެ
|
12 ޖެނުއަރީ 2024 | ހުކުރު 08:57
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ ނޫން ޕޯޑިއަމަކުން އަޅުގަނޑު ނުފެންނާނެ - ރައީސް ޞާލިހު
ނާކާމިޔާބީގެ ވަގުތާއި، ދަތި އުނދަގޫ ވަގުތުގައި ވެސް އެމަނިކުފާނު ފެނިވަޑައިގަންނަވާނީ އެމްޑީޕީގެ ޕޯޑިއަމުން
ބައެއް ބޭފުޅުން، އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަވާ، އެ ނޫންތަނަކުން ނުފެންނާނެކަމަށް ވިދާޅުވެ ދުރަށްޖެހިލާތަން ފެނިވަޑައިގަންނަވާ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނޫން ޕޯޑިއަމަކުން އެމަނިކުފާނު ފެނިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރު އަދި ދާއިރާތަކުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމުމަށް ބޭއްވި 'ފެހި. ތަނަވަސް. މާލެ' ކެމްޕޭން ނިނުމުގައި ހަރަކާތުގައި، ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީ ނޫން ޕޯޑިއަމްއަކުން އެމަނިކުފާނު ފެނިވަޑައި ނުގަންނަވާނެ ކަމަށެވެ. ކާމިޔާބީގެ ވަގުތުގައި ވެސް އަދި ނާކާމިޔާބީގެ ވަގުތާއި، ދަތި އުނދަގޫ ވަގުތުގައި ވެސް އެމަނިކުފާނު ފެނިވަޑައިގަންނަވާނީ އެމްޑީޕީގެ ޕޯޑިއަމުން ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ބައެއް ބޭފުޅުން، އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަވާ، އެ ނޫންތަނަކުން ނުފެންނާނެކަމަށް ވިދާޅުވެ ދުރަށްޖެހިލާތަން ފެނިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެމަނިކުފާނެއް ދުރަށް ޖެހިވަޑައިގަންނަވާތަން ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ޞާލިހު މިފަަދައިން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިފައި ތިއްބެވި ގިނަ މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައިވަނިކޮށެވެ.

Advertisement

މީގެ ތެރޭގައި އެމްޑީޕީ ނޫން އެހެން ޗޮއިސްއެއް ނެތްކަމާއި، ފަހު ނޭވައާ ޖެހެންދެން އެމްޑީޕީގައި ތިބޭނެކަމަށް ވިދާޅުވެ އެމްޑީޕީގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީގެ ޕޯޑިއަމްގައި ބޮޑެތި ވައުދުތައްވެވަޑައިގެންނެވި މެންބަރުން ހިމެނެއެވެ.

ނަމަވެސް މި މެންބަރުން ޕާޓީ ބަދަލުކުރެއްވީ ރިޝްވަތު ނަންގަވައިގެންކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ. އަޑުފެތުރިފައި ވާގޮތުން، ޕީއެންސީއަށް ސޮއިކުރުމުން 1 މިލިއަނާ 3 މިލިއަނާ ދެމެދުގެ އަދަދަކަށް ފައިސާ ދޭނެކަމަށާއި، ސަރުކާރުގެ އިސް މަގާމުތައް ދޭނެކަމަށް ބުނެ، ސަރުކާރުގައި ހިމެނޭ އިސް ބޭފުޅުންގެ ފަރާތުން ވަނީ މެންބަރުންނަށް ހުށަހެޅުންތައް ހުށަހަޅާފައެވެ.

އެމްޑީޕީ ދޫކުރައްވާ ޕީއެންސީއާއި ގުޅިވަޑައިގެންނެވި މެންބަރުންނަކީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ހައިތަމް، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް، މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ކޮމަންޑޫ ދާއިރާގެ މެންބަރު އިބްރާހީމް ރާޝިދު، އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން މުޙައްމަދެވެ.

Advertisement

Advertisement
- ކޮމެންޓް