ކ. މާލެ
|
12 ޖެނުއަރީ 2024 | ހުކުރު 06:09
ތިލަފުށި އޭރިއާ އީ ހިއްކުމުގެ މަސައްކަތް ކުރަނީ
ތިލަފުށި އޭރިއާ އީ ހިއްކުމުގެ މަސައްކަތް ކުރަނީ
އަރބަންކޯ
ތިލަފުށި ބިން ހިއްކުން
ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފި
އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް އަރބަންކޯއިން ބުނެއެވެ. އަދި އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އަރބަންކޯ އާއި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.

އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ތިލަފުށި އޭރިއާ އީ ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ބޯޓުޔާޑާއި، ހިލަ އާއި ހިލަވެލި ސަޕްލައި ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ބީޗް ފްރަންޓުން ޖާގަ ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އެފަރާތްތަކަށް އަރުވާކަމަށެވެ.

ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމެވެ.

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ.

- ކޮމެންޓް