ކ. މާލެ
|
12 ޖެނުއަރީ 2024 | ހުކުރު 01:45
ފަލަސްތީނުގެ ރައީސް، މަޙްމޫދު އައްބާހާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ބައްދަލުކުރައްވަނީ
ފަލަސްތީނުގެ ރައީސް، މަޙްމޫދު އައްބާހާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ބައްދަލުކުރައްވަނީ
ރޮއިޓާސް
ބްލިންކެން އާއި އައްބާސް ބައްދަލުކުރެއްވުން
ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ބަދަލުކުރުމަށް އައްބާސް ދެކޮޅު ހައްދަވައިފި
 
ޣައްޒާގައި ވިޔަސް އަދި ހުޅަނގު އައްސޭރީގައި ވިޔަސް ފަލަސްތީނުގެ އެއްވެސް މީހަކު ގެދޮރު ގެއްލުވާލުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އައްބާސް ވިދާޅުވި

ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލުކުރުމަށް ބްލިންކެން ހުށަހެޅުއްވި ހުށަހެޅުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ދެކޮޅު ހައްދަވައިފިއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ އައްބާސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ފަލަސްތީނުގެ ޣައްޒާ ނޫން އެހެން ތަނެއްގައި ވަޒަންވެރިކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ޤަބޫލު ނުކުރައްވާނެ ކަމަށެވެ.

ބްލިންކެން ރާމަاللهއަށް ވަޑައިގެންނެވީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ މަޝްވަރާތަކަށް ތުރުކީއާއެކު ފެށި ސަރަހައްދީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޣައްޒާގައި ވިޔަސް އަދި ހުޅަނގު އައްސޭރީގައި ވިޔަސް ފަލަސްތީނުގެ އެއްވެސް މީހަކު ގެދޮރު ގެއްލުވާލުމުގެ ފުރުސަތެއް ނުދޭނަން
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް

ފަލަސްތީނުގެ ލީޑަރު ވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިންތަކުން ބޭރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތަކާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ. އަދި ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަަސްތީނުގެ އެންކްލޭވްއަށް ދެމުން ގެންދާ ނުރައްކާތެރި ޙަމަލާތަކުގެ ތެރޭގައި ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން އެޤައުމުން ބޭރުކުރުމަށް އިސްރާއީލުގެ ބައެއް އޮފިޝަލުން ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްބާސް އާއި ބްލިންކެންގެ މަޝްވަރާތަކުގައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހަމަނުޖެހުންތައް ވެސް ހިމެނޭ ކަމަށެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ނަގާ ފަލަސްތީނުގެ ޓެކްސްގެ ހުރިހާ އާމްދަނީއެއް ފަލަސްތީނު އޮތޯރިޓީގެ ދަށަށް ދެމެހެއްޓެނިވި ގޮތެއްގައި ބަދަލުކުރަން ޖެހޭ ކަމަށް ބުނާ އެމެރިކާގެ ސްޓޭންޑް ބްލިންކެން ތަކުރާރުކުރެއްވިއެވެ. އަދި އިސްރާއީލާއެކު އަމާންކަމާއެކު ދިރިއުޅެވޭނެ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ތާއީދުކުރައްވާނެކަމުގެ ޔަޤީންކަން ވެސް ޗީފް ޑިޕްލޮމެޓު ދެއްވިއެވެ.

އުރުދުން އާއި މިސްރުގެ ލީޑަރުންނާއެކު ބާއްވާ ތިން ފަރާތުގެ އަރަބި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އައްބާސް އުރުދުންއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަރަބި ގައުމުތަކުން ގޮވާލި ނަމަވެސް ވޮޝިންޓަނުން މިހާތަނަށް އެއްކިބާވެ، ތެލްއަވީވްއަށް އަސްކަރީ، އިންޓެލިޖެންސް އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 23،357 މީހުން ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، އެ އެންމެންނަކީ ވެސް ކާބޯތަކެތީގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ މީހުން ކަމަށް އދ. އިން ބުނެއެވެ. އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާއިރު، ޣައްޒާއަށް މިހާރު ލިބެނީ ހަނގުރާމަ ފެށުމުގެ ކުރިން އެ ސަރަހައްދަށް ދެމުންދިޔަ އެހީދޭ ޓްރަކްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މަދު އެހީގެ މިންވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް