Advertisement
ކ. މާލެ
|
10 ޖެނުއަރީ 2024 | ބުދަ 07:19
މޯލްޑިވިއަންގެ ޗެއާމަން މުޙައްމަދު މިހާދު
މޯލްޑިވިއަންގެ ޗެއާމަން މުޙައްމަދު މިހާދު
މޯލްޑިވިއަން
އައިއޭއެސްގެ ޗެއާމަން
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ކުރީގެ އެމްޑީ މިހާދު އައްޔަނުކޮށްފި
އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަނުކުރެއްވުނު އިރު، މިހާދު އަކީ ސަރުކާރުގެ ގިނަ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެއް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ޗެއާމަންގެ މަގާމަށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު މިހާދު އައްޔަންކޮށްފިއެވެ.

Advertisement

ކުރިން އެމްއޭސީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ނިހާދު، އައިއޭއެސްގެ ޗެއާމަނަކަށް އައްޔަނުކޮށް، އެކަން އަންގައި މޯލްޑިވިއަން އިން ވަނީ މަރުޙަބާ ކިޔާފައެވެ.

2021 ވަނަ އަހަރު އެ ކުންފުނީގެ އެމްޑީގެ މަގާމަށް މިހާދު އައްޔަނުކުރެއްވުނީ، އޭރު އެ ކުންފުނީގެ އެ މަގާމުގައި ހުންނެވި މުޙައްމަދު ރިޒުވީ މަގާމުން ވަކިކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ނަން ފޮނުއްވުމާ ގުޅިގެންނެވެ.

މިހާދު އައިއޭއެސްގެ ޗެއާމަނަކަށް އައްޔަނުކުރެއްވުނު އިރު، އޭނާ އަކީ ސަރުކާރުގެ ގިނަ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

އެގޮތުން 2008ން 2012 އަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގެ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް