Advertisement
ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 08:09
ރައީސް މުއިއްޒު، ހުނާންގެ އިސްވެރިންނާއި ބައްދަލުކުރައްވަނީ
ރައީސް މުއިއްޒު، ހުނާންގެ އިސްވެރިންނާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ހުނާން ކޮންސްޓްރަކްޝަން
ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ އިސްވެރިން ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވުމަކީ އެމަނިކުފާނުވެސް އުއްމީދުކުރައްވާ ކަމެއް
ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވި

ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު ސައި ދިއާންވެއި އާއި އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު ވަނީ އެ ކުންފުންޏާ ބެހޭ އާންމު ތަޢާރަފަކާއި، އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

Advertisement

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވުމަކީ އެމަނިކުފާނު އުއްމީދުކުރައްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް