ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 22:58
އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ)
އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ)
ރާއްޖެ - އިންޑިއާ
ޕްރޮފައިލްގައި ދައުލަތުގެ ބޮޑު މަގާމެއްގެ ނަން ޖަހައިގެން ހުރެ ލިޔާ އެއްޗެހި އެއީ އަމިއްލަ ޚިޔާލުކަމަށް ބުނެ ނިންމައެއްނުލެވޭނެ - އެމްޕީ ވައްޑެ
 
ޕްރެޝަރު ބޮޑުވުމުން، ސަރުކާރުން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައި
 
މޯދީއަށް މަލާމާތްކޮށްފައިވާ ޕޯސްޓްތައް ކުރި، ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑްކޮށްފައި

ޕްރޮފައިލްގައި ދައުލަތުގެ ބޮޑު މަގާމެއްގެ ނަން ޖަހައިގެން ހުރެ ލިޔާ އެއްޗެހި އެއީ އަމިއްލަ ޚިޔާލުކަމަށް ބުނެ ނިންމާނުލެވޭނެ ކަމަށް، މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު އެފަދައިން ވިދާޅުވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭބޭފުޅުން، އިންޑިއާގެ ވެރިންނާއި އިންޑިއާއަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން މުއާމަލާތުކުރައްވައި، މަލާމާތްކުރައްވައި، ޕޯސްޓްތަކެއް ކުރި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލަ ހޫނުވެ ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން، ސަރުކާރުން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އެ ޕޯސްޓްތަކުގައި ވަނީ އެ ޕޯސްޓްތައް ކުރެއްވި ބޭފުޅުންގެ އަމިއްލަ ޚިޔާލުކަމަށެވެ. އަދި އެއީ ސަރުކާރުގެ ވިސްނުން ނޫންކަަމަށެވެ. އަދި އެފަދަ ކޮމެންޓްތައް ކުރާނަމަ ފިޔަވަޅު އަޅާނެކަަމަށެވެ. އިންޑިއާއިން ލަކްޝަދީޕްގެ ޓޫރިޒަމް ފުޅާކުރުމަށް ނިންމުމާ ގުޅިގެން، ސޯޝަލް މީޑިއާގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށްފައިވާ ޕޯސްޓްތައް ކުރި ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް