ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 22:33
ވާއިލް ދަހްދޫހު އޭނާގެ ދަރިފުޅު ހަމްޒާ ދަހްދޫހުގެ މަރުގެ ހިތާމަ ފާޅުކުރުން
ވާއިލް ދަހްދޫހު އޭނާގެ ދަރިފުޅު ހަމްޒާ ދަހްދޫހުގެ މަރުގެ ހިތާމަ ފާޅުކުރުން
ރޮއިޓާސް
ނޫސްވެރިޔާ ޝަހީދުކޮށްލުން
އަލްޖަޒީރާގެ ނޫސްވެރިޔާގެ ދަރިފުޅު ޝަހީދުކޮށްލި މައްސަލަ ޣައްޒާގެ މީޑިއާ އޮފީހުން ކުށްވެރިކޮށްފި
 
އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމްޒާ ދަހުދޫހުއާއި އިތުރު ނޫސްވެރިޔަކު ވަނީ މަރުވެފައި

އަލްޖަޒީރާގެ ނޫސްވެރިޔާ ވާއިލް ދަހްދޫހުގެ ދަރިފުޅު ހަމްޒާ ދަހްދޫހު، އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި މައްސަލަ ޣައްޒާގެ މީޑިއާ އޮފީހުން ކުށްވެރިކޮށްފިއެވެ.

ފޮޓޯ ޖަރނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންދިޔަ ހަމްޒާ މަރުވީ، އޭނާގެ އެކުވެރިޔާ މުސްތަފާ ތުރާޔާއާއެކު ދަތުރުކުރަމުން ދިޔަ އޭނާގެ ކާރަށް އަމާޒުކޮށް އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގެ ތެރެއިންނެވެ. އިސްރާއީލުގެ ވައިގެ ހަމަލާގައި ތުރާޔާ ވެސް ވަނީ މަރުވެފައެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ވަނީ އެ ދެ ނޫސްވެރިން މަރާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ދެ ނޫސްވެރިން މަރާލުމަކީ އިސްރާއީލު ސިފައިން ނޫސްވެރިންނާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ސިފަކޮށްފައެވެ.

އެ އޮފީހުން ބުނީ މި މަރަކީ ހަގީގަތް އޮޅުވާލުމަށާއި މީޑިއާ ކަވަރޭޖް ހުއްޓުވުމަށް ކުރާ ނާކާމިޔާބު މަސައްކަތުގައި ނޫސްވެރިންނަށް ބިރު ދެއްކުމުގެ މަގްސަދުގައި ހިންގާ ކަމެއް ކަމަށެވެ.

އަދި ޣައްޒާގައި ހަތިޔާރު ނެތް، އަދި ދިފާއު ނުކުރެވޭ މީހުންނާ ދެކޮޅަށް އިސްތިއުމާރީ ބާރުތަކުން ކުރަމުން އަންނަ "ޖަރީމާގެ ހަނގުރާމަ" ހުއްޓާލުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިސްރާއީލު ސިފައިން ވަނީ މިހާތަނަށް 100އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފައެވެ.

ހަމްޒާގެ އިތުރުން އިސްރާއީލު ސިފައިން ވަނީ މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ވާއިލް ދަހްދޫހުގެ އަންހެނުންނާއި އަންހެން ދަރިފުޅާއި ދައްތަ، އަދި 15 އަހަރުގެ ދަރިފުޅުވެސް މަރާލާފައެވެ.

ޣައްޒާގައި އިސްރާއީލު ސިފައިން 22،600އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، 60،000ށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ވިދާޅުވީ ފަލަސްތީނުގެ 8،000ށްވުރެ ގިނަ މީހުން ގެއްލިފައި ވާކަމަށެވެ.

ސިވިލް ޑިފެންސް އޮފީހުން ބުނީ އިސްރާއީލު ސިފައިން ދަނީ އިންފްރާސްޓްރަކްޗާގެ އިތުރުން ދިފާއީ އާލާތްތަކަށް ވެސް ބޮންއަޅަމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް