ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 17:16
އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް
އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް
ރޮއިޓާސް
އިސްރާއީލަށް ދެމުންދާ ހަމަލާތައް
އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 22،700އަށް އަރައިފި
 
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވަނީ އެހީ ނުލިބުމުގެ ސަބަބުން

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހަމަލާތައް ދެމުން އަންނައިރު، މަރުވި މީހުންގެ އަދަދު 22،700އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އަދި މަރުވި މީހުންގެ 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 9،000 މީހުންނަކީ ކުޑަކުދިން ކަމަށްވާއިރު، 5،300 މީހުންނަކީ އަންހެނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން އަނިޔާގެ އަދަދު 57،910ށް އަރާފައިވާއިރު, އެންމެ ގިނަ އިންޖަރީތައް ލިބެނީ ކުޑަކުދިންނަށެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ އިތުރު 7،000 މީހުން ކުނިތަކުގެ ދަށުގައި ގެއްލިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، އެ މީހުން މިހާރު މަރުވެފައިވާ ކަމަށް ބެލެވޭކަމަށެވެ.

ރެސްކިއު މިޝަންތަކުގެ ދަތިކަމާއި އިސްރާއީލުން މެދުނުކެނޑި ދޭ ހަމަލާތަކުގެ ސަބަބުން ސައްހަ މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވަނީ އެހީތެރިކަން ނުލިބުމާއި، ދިރިހުރުމަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ ސަބަބުންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި މަރުވި މީހުންނަށްވުރެ ބޮޑަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުން ފަލަސްތީނު މީހުން މަރުވެދާނެ ކަމަށް އދ.ން ވަނީ ފާހަގަކޮށްފައެވެ.

އަލްވަފާ އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވަނީ، އިސްރާއީލުން ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން ޖެހިޖެހިގެން ތިންވަނަ ދުވަހުވެސް ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް މުހިންމު އެހީތައް ފޯރުކޮށްދިނުމަށް އދ.އާއި އެހެނިހެން އިންސާނީ ޖަމިއްޔާތަކަށް ރައްކާތެރި މަގެއް ނެތްކަމަށެވެ.

އެ މިނިސްޓްރީން ބުނީ މަގުތައް ހަލާކުވެފައިވާއިރު، ގާފިލާތަކާއި މެޑިކަލް ފެސިލިޓީތަކަށް ހަމަލާތައް އަމާޒުވުމުގެ ސަބަބުން ޣައްޒާއަށް އެހީފޯރުކޮށްދެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

މެޑިކަލް ފެސިލިޓީތަކަށް ވެސް ހުރިހާ ސަޕްލައިއެއްގައި ވެސް ވަރަށް ބޮޑު ދަތިކަމެއް ވަނީ ކުރިމަތިވެފައެވެ. އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާއިން ކަރަންޓު ކެނޑޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޣައްޒާގެ ހަމައެކަނި އިންޖީނުގެ ބަންދުކޮށްފައިވާއިރު، ތެލުގެ ރިޒަރޗް ވެސް ވަނީ ހަމަ އެހާމެ ހުސްވެފައެވެ.

މުވާސަލާތީ ގުޅުން ހީނަރުވުމާއި ތެލުގެ ދަތިކަމުގެ ސަބަބުން ޣައްޒާއަށް ބޭނުންވާ މިންވަރު ދެނެގަތުމަށާއި އިންސާނީ ކާރިސާއަށް އެކަށީގެންވާ އިޖާބަ ދިނުމަށް، އެހީދޭ މުޖުތަމައުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅެމުން އެބަދެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް