ކ. މާލެ
|
5 ޖެނުއަރީ 2024 | ހުކުރު 19:54
އެމެރިކާގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓްގެ ސްޕެޝަލް އެސިސްޓެންޓް ތާރިގް ހަބާޝް
އެމެރިކާގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓްގެ ސްޕެޝަލް އެސިސްޓެންޓް ތާރިގް ހަބާޝް
ރޮއިޓާސް
އެމެރިކާގެ އޮފިޝަލަކު އިސްތިއުފާދިނުން
ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް އެމެރިކާއިން ގޮވައިނުލާތީ އެމެރިކާގެ އެޑިޔުކޭޝަން ޑިޕާޓްމެންޓް އޮފިޝަލަކު މަގާމުން އިސްތިއުފާ ދެއްވައިފި
 
ފަލަސްތީނާއި އެމެރިކާއަށް ނިސްބަތްވާ ތާރިގަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ދައުރުގެ ކުރީކޮޅު އައްޔަން ކުރި އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލެއް

ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް އެމެރިކާއިން ގޮވައިނުލާތީ ކަމަށްބުނެ އެމެރިކާގެ އެޑިޔުކޭޝަން ޑިޕާޓްމެންޓް އޮފިޝަލަކު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އޮފީސް އޮފް ޕްލޭނިން، އިވެލުއޭޝަން އެންޑް ޕޮލިސީ ޑިވެލޮޕްމަންޓްގެ ސްޕެޝަލް އެސިސްޓެންޓް ތާރިގް ހަބާޝް އެޑިއުކޭޝަން ސެކްރެޓަރީ މިގްއެލް ކާޑޯނާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމެރިކާގެ މިހާރުގެ ވެރިކަމުގައި ތިއްބެވި ވެރިންނަށް ފަލަސްތީނުގެ ކުށެއްނެއް ޢާއްމުންނަށް ކުރާ އަނިޔާތައް ނުފެންނަ ކަމަށް ހަދައިގެން ތިބެނީ ކަމަށެވެ.

ނަމަވެސް އެކަމާ މެދު އެއްޗެއް ނުބުނެ އޭނާއަށް ނުހުންނެވޭނެ ކަމަށެވެ. އަދި އެއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ކެމްޕޭނެއް ކަމަށް ވެސް ތާރިގް ވިދާޅުވިއެވެ.

ފަލަސްތީނާއި އެމެރިކާއަށް ނިސްބަތްވާ ތާރިގަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ދައުރުގެ ކުރީކޮޅު އައްޔަން ކުރި އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލެކެވެ.

ޔަހޫދީންނަށް ތާއީދުކޮށް ފަލަސްތީނުގައި އިސްރާއިލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްނުކުރާ ކަމަށްވިދާޅުވެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޖޯޝް ޕޯލް ވެސް ވަނީ އޮކްޓޯބަރު މަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލުމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ބައެއް ކަމަށްވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ)ގެ 1،000 އަށް ވުރެ ގިނަ އޮފިޝަލުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބައިޑެންއަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.

އެމެރިކާގެ އިސްއޮފިޝަލުންތަކެއް މި ހަނގުރާމައާ އިދިކޮޅަށް ވާހަކަ ދައްކަމުން އަންނައިރު، އެމެރިކާއަކީ މާލީ އަދި އަސްކަރީ ގޮތުންވެސް އިސްރާއީލަށް ވާގިވެރިވަމުން އަންނަ ގައުމެކެވެ.

ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ މަހު ހުށަހެޅި ދެ ގަރާރަށް ވެސް އެމެރިކާއިން ވަނީ ހުރަސްއަޅައިފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 22،313 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެމެރިކާއިން އެއްކޮޅުން ހަނގުރާމައިގައި ޢާއްމުން ނުމެރުމަށް ގޮވާލަމުންދާއިރު، އަނެއްކޮޅުން ދަނީ ފަހުގެ އަގުބޮޑު ހަތިޔާރުގެ ޝިޕްމެންޓްތައް އިސްރާއީލަށް ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
ގާޒާގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެނާއި ކާނާ ލިބުން ހުއްޓިއްޖެ
އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ ރަފާ ސިޓީ ދޫކޮށް ފަލަސްތީންގެ އެތައް ސަތޭކާ ހާސް މީހުން ހިޖްރަކުރަނީ