ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 13:30
އެލައިޑް ކޮމިއުނިޓީ ފަންޑް
އެލައިޑް ކޮމިއުނިޓީ ފަންޑް
އެލައިޑް އިންޝުއަރެންސް
އެލައިޑް ފަންޑް
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި
 
މިއަހަރުގެ ކޮމިއުނިޓީ ފަންޑު 4 ފަރާތަކަށް ލިބޭ
 
މިއަހަރުގެ އެޑިއުކޭޝަން ފަންޑް 6 ސުކޫލަކަށް ލިބޭ
 
އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީދޭ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ؛ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް 2023 ވަނަ އަހަރު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފަންޑް ލިބޭ ފަރާތްތައް ކަނޑައަޅާ އިއުލާންކޮށްފިއެވެ.

ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ، މިފަންޑުގެ ދަށުން ފޯރުކޮށްދެއެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑް ލިބޭ ޖަމިއްޔާތަކަކީ ނައިފަރު ޖުވެނައިލް, މިލަންދޫ ސްޕޯޓްސް ކްލަބް, ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ އަދި ބްލޫ ގިލްޑް ފައުންޑޭޝަންއެވެ.

މީގެ އިތުރުން މިއަހަރުގެ އެޑިއުކޭޝަން ފަންޑް ލިބޭ ސްކޫލްތަކަކީ ފޯކައިދޫ ސްކޫލް، މާމެންދޫ ސްކޫލް، ހިރިލަންދޫ ސްކޫލް، ބ.އަތޮޅު އެޑިއުކޭޝަން ސެންޓަރު، މުހައްމަދު ޖަމާލުއްދީން ސްކޫލް އަދި މަދަރަސަތުލް އިފްތިތާހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް