ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 09:36
ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑްގައި
ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑްގައި
ޕްރިމިއަރ ލީގު
ސަންޗޯ ޑޯޓްމަންޑަށް
ކޯޗާ ގުޅުން ގޯސްވެ، ސަންޗޯ އެނބުރި ޑޯޓްމަންޑަށް!
ޔުނައިޓެޑާ ގުޅުނީ 2021 ވަނަ އަހަރު

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ ގުޅުން ގޯސްވެ, އިނގިރޭސި ވިންގަރ ޖޯޑަން ސަންޗޯ ކުރީގެ ކްލަބަށް ބަދަލުވެދާނެ ކަމަށް ބެލެވިއްޖެ އެވެ.

ރިޕޯރޓްތައް ބުނާ ގޮތުން މެންޗެސްޓަރ ޔުނައިޓެޑްގެ ސީނިއަރ ޓީމާ ވަކިން ޕްރެކްޓިސް ކުރަމުން އަންނަ ސަންޗޯ މިމަހު ލޯނު އެއްބަސްވުމެއްގެ ދަށުން ބޮރޫޝިޔާ ޑޯޓްމަންޑަށް ބަދަލުވުމުގެ ފުރުޞަތު ބޮޑެވެ. ސަންޗޯގެ ކުރީގެ ކްލަބުން އޮތީ އޭނާއަށް މަރުހަބާ ކިޔަން ތައްޔާރަށެވެ. ކޯޗު ޓެންހާގްއާ ސަންޗޯގެ ގުޅުން ގޯސްވީ, ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އަދި މަޢާފަށް އެދެން ސަންޗޯ ދެކޮޅު ހެދުމުންނެވެ.

މި ސީޒަންގެ ނަތީޖާތައް ވެސް ވަރަށްބޮޑަށް ދަށްވެފައިވާ މެންޗެސްޓަރު ޔުނައިޓެޑްގެ ކޯޗު ގަބޫލުކުރަނީ އާސެނަލް އަތުން ބަލިވި މެޗުގައި ސަންޗޯ ބަދަލުކުރި ފަހުން ޕްރެކްޓިސްގައި ވެސް ސަންޗޯ ފަރުވާ ކުޑަ ކަމަށެވެ. 23 އަހަރުގެ ސަންޗޯ ޔުނައިޓެޑާ ގުޅުނީ 2021 ވަނަ އަހަރު 73 މިލިއަން ޕައުންޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް